ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބުންގެ ހިއްސާ ދެކުނަށް، ތަރައްގީ ނުވަނީ ކީއްވެ؟

އައްޑޫ ފުވައްމުލައް އަދި ހުވަދޫ:ފޮޓޯ ގޫގްލް
ޝެއާރކޮށްލާ ކަހަލަދޯ؟

ތާރީހުން ފެންނަން އޮތް ގޮތުގައި ރާއްޖޭގެ ދެކުނުން އޮންނަ ތިން އަތޮޅަކީ ޒަމާނުއްސުރެ މުޅި ރާއްޖެއަށް ބަލައިގަނެވިފައިވާ އަތޮޅުތަކެވެ. އައްޑޫ ފުވައްމުލަށް ހުވަދޫ އަކީ އިލްމާއި ހުނަރުންވެސް ފުރިގެންވާ އިލްމީ ގާބިލު ދަރިންތަކެއް އެ ތަނަކުން އުފަންވެ އެތަނަށް ހިދުމަތް ކުރުމުގައި ދެމި ތިބި ތަނެކެވެ.

ގައުމާއި ދައުލަތަށް އެކި ރޮނގުރޮނގުން ހިދުމަތް ކުރުމުގެ ގާބިލްކަން ލިބިގެންވި މޮޅު ބަޔަކު ތިބިތަނެކެވެ. އިހުގެ މުސްކުޅިންގެ ފަރާތުންވެސް ފެނިފައިވަނީ މިކަންތައްތަކެވެ. ތާރީހުގެ ފަތްފޮތްތަކުން ފެންނަން ހުރިގޮތުގައި ވިސްނުމާއި ހިކުމަތާއި، ބުއްދިން ކަންކަން ނިންމަވާ ހިކުމަތްތެރި ބަޔަކުވެސް އެތަނެއްގައި އުޅުނުތަނެކެވެ. މިއަދުވެސް ގައުމުގެ އެންމެ ބަސްވިކޭ ހިސާބުންފެންނަނީ މިތިން އަތޮޅުގެ ދަރިންކަމީ ފެންނަން އޮތް ހަގީގަތެކެވެ.

އެންމެ އިހުޒަމާނުންފެށިގެންވެސް ތަރައްގީއަށް ލޯހުޅުވިފައިވާ މި އަތޮޅުތަކުގެ މީހުންގެ ސިނކުޑިޔާއި ވިސްނުން ބަދަލުވެފައިވާފައިވި ނަމަވެސް  ތަރައްގީގެ ދުވެލީގައި ފަހަތަށް ފިޔަވަޅު އެޅި ފަހަތަށް ސޮއްސާލަމުންދާކަމީ މަޑުމަޑުން ފެންނަން ފަށާފައިވާ ހަގީގަތެކެވެ.

ގިނަޕާޓިތައް އެކުލެވޭ ވެރިކަމުގެ ނިޒާމަކަށް ރާއްޖެ މިސްރާބު ޖެހިފަހުން ކުރު މުއްދަތެއްގެ ތެރޭގައި ތިންވެރިން ވެރިކަން ކޮށްފިއެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއެވެ. މިއިން ކޮންމެ ވެރިއެއްގެ ނައިބުވެރިއަކީ ދެކުނުގެ ދަރިއެކެވެ. ގައިމު މާލޭ ވެރިކަމޭ އަހަރުމެން މިބުނާ ވެރިކަމުގެ އެއްބައި ދެނކުނުގެ ހިއްސާ ބޮޑެވެ.

2023ގެ ނޮވެމްބަރު 17 ގައި ހުވާ ކުަރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ނައިބަކީވެސް ދެކުނުގެ ދަރިއެކެވެ.

ރައިސް ސޯލިހުގެ ނައިބުރައީސް ފައިސަލް ނަސީމާއި، ރައީސް ޔާމީންގެ ދެ ނައިބު ރައީސުން ކަމަށްވާ ޑރ. ޖަމީލް އާއި، އަބްދުﷲ ޖިހާދު އަދި، ޑރ. މުއިއްޒުގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް

ދެކުނުގެ ރައްޔިތުންނަކީ ވެރިކަން ދަންނަ ވެރިކަން ކުރަންއެނގޭ ވެރިކަމާއި ތަރައްގީއަށް ލޯހުޅުވިފައިތިބި ބައެކެވެ. ތާރީހުންވެސް އެކަންވަނީ ފެނިގެން ގޮސްފައެވެ.

ދެކުނުގެ ތިން އަތޮޅު ހިމެނޭހެން އެއްގަލަކަށް އަރާ ރާއްޖޭގައި އޭރު އޮތް ވެރިކަމާއި ދެކޮޅަށް ވަކިވެ ސުވައިދީބު ނަމުގައި ވެރިކަމެއް ގާއިމު ކުރިއެވެ. އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ އަކީ ދިވެހިރާއަޖޭގެ ދެކުނުގެ ތިން އަތޮޅު ގުޅިގެން 1959 ވަނަ އަހަރު ޖެނަވަރީ މަހުގެ 03 ވަނަ ދުވަހު އިއުލާނުކުރި ދައުލަތެކެވެ.

އެ ދައުލަތުނިމި މިހާރު މިނިވަންކަމެއް ގާއިމްވެފައިވާއިރު، އޭރުގެ ތަރައްގީގެ ފޮނި ހަނދާންތަކަކީ މިއަދުވެސް ދެކުނަށް ނިސްބްތްވާ ދަރިއަކު ނަމަ ހަނދާން ނައްތާލަން އުނދަގޫ ކަންތައްތަކެވެ. ދެނކުނުގެ ރައްޔިތުންގެ ސިކުނޑިތަކުން އެ ހަނދާންތަކެއް ފިލައިގެން ނުދާކަހަލައެވެ.

އޭރުގެ އެ ރައްޔިތުން އުޅުނުގޮތާއި މިހާރު އެ ރައްޔިތުން އެދޭ ގޮތާއިވެސް މާ ބޮޑު ތަފާތެއްވެސް ނެތެވެ. އޭރުވެސް އެ ރައްޔިތުން އެދުނީ ތަރައްގީ އާއި ތަމައްދުންގައި ކުރިއަރާފައި ތިބި ބަޔަކަށްވާށެވެ. މިއަދުވެސް އެ ރައްޔިތުން އެދެނީ ހަމަ އެ ގޮތެވެ.

ދެފުށްފެންނަ ޑިމޮރެސީ އެއް ގާއިމު ކުރެވިފައިވާ ވެރިކަމެއް ރާއްޖެ އަށް ގެނައުމަށް ކުރި މަސައްކަތުގައިވެސް ފެނިގެންދިޔައީ ދެކުނަށް ނިސްބަތްވާ ތިން އަތޮޅުގެ ރައްޔިތުން ކުރި މަސައްކަތެވެ. އެ މަސައްކަތުގެ ނަތީޖާ އަކަށް ވެގެންދިޔައީ ވެރިކަމުގެ ތެރެއަށް އެ އަތޮޅަށް ނިސްބަތްވާ ފަރާތްތަކުން ޝާމިލުވެގެން ދިއުމެވެ.

2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ނައިބަކީ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކެވެ. އެހާ ހިސާބުން ރައީސް ޔާމީނުގެ ފުރަތަމަ ނައިބަކީ ޑރ.ޖަމީލެވެ. ދައުރު ނިމުނުއިރުވެސް ހުންނެވީ ވެސް ދެކުނަށް ނިސްބަތްވާ ނައިބެކެވެ. އެއީ ގދ. ތިނަދޫ ދަރިއެއް ކަމަށްވާ އަބްދުﷲ ޖިހާދެވެ. ނައިބުގެ މަގާމަށް ރަނިންމޭޓުން ކަނޑައެޅުމުގައި މި އުސޫލު ގެންގުޅެފައިވަނީ ވޯޓް ހޯދުމަށާއި، ވެރިކަމަށް އައުމަށް އެންމެ އާބާދީ ބޮޑު ހިސާބަކަށް ބެލުމުމަށްފަހުގައެވެ.

ރައީސް ޔާމިންގެ ވެރިކަން ކާމިޔާބު ކުރެއްވީ ޑރ. ޖަމީލާއި އެކުގައެވެ. އެއަށްފަހު ދެން އައީ 2018އިގެ އިންތިހާބެވެ. އެ އިންތިހާބުގަވެސް ފުވައްމުލަކަށް ދަރިއެއް ހިމެނިގެން ދިޔުމުގެ ސަބަބުން ވެރިކަން ލިބިގެނަދިޔައެވެ. ރައީސް ސޯލިހުގެ ނައިބަކަށްވީ ފައިސަލް ނަސީމެވެ.

ދައުރުތައް ނިމެނީއެވެ. ކުރީ ދައުރުވެސް ނިމުނީއެވެ. ތަރައްގީ އޮތީ ހަމަ އޮތްތާނގައެވެ.

ތަރައްގީ އަށް އެދި ގާއިމްކުރާ ވެރިކަމުގައި ފަހު ސިކުންތު ކޮޅަކަށްދާއިރު، ރައްޔިތުން އެތައްކަމަކަށް އެދި ގޮވައެވެ. ވީ ވައުދު، މިއީ އެންމެ އަޑު ހަރުކޮށް އިވޭ އަޑެވެ. ތަރައްގީ ކުރާނެކަމަށް، ތަރައްގީ ގެނެވޭނެ ކަމަށް، ކުރެވޭ އުއްމީދުތައް ފަނުފުލުންދަނީ ސަބަބުތައްވެސް ނޭނގިހުރެ ކަމަށް، ބުނެ އަޑު އުފުލައެވެ.

ގަދަ ވޯޓަކުން ފުވައްމުލަކުގެ ތާރީހު އޭރު ބަދަލު ކޮށްލީ ވެރިވެރިކަމުގެ މައިތަނބުގެ ލީޑަރަކަށް، ފުވައްމުލަކުގެ ދަރިއަކު ދެވަނަ ފަހަރަށް ގެނެވުނު ހިސާބުންނެވެ.

ނަމަވެސް ދެވަނަ ދައުރެއްގެ ހޯދުމަށް ރައިސް ސޯލިހާއި ނައިބު ފައިސަލް ނަސީމް ރައްޔިތުންގެ ކައިރިއަށް ދިއުމުމުން، އެކަންވެގެންދިޔައީ ރައްޔިތުންގެ އަމަލުތަކާއި، ބަހުގެ ހަމަލާއިން ރެކި ނުގަނެވުނު ކަމަށެވެ. ހަގީގީ ހުވަފެނުގެ ކުލަ ނުޖެހި މިސްރާބު ބަދަލު ކުރަންޖެހުނު ކަމަށް އެކަންވެގެން ދިޔަކަމަށް ރައްޔިތުން ގޮވަން ފެށިއެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ފައިސަލް ނަސީމު އަތޮޅުތެރެއަށް ދަތުރު ފައްޓަވާ ފުވައްމުލަކަށް ވެސް ވަޑައިގެންނެވިއެވެ. އެ ދަތުރުފުޅަކީ އަމާން އޮމާން ދަތުރުފުޅެއް ކަމަށް އެ ވެރިންތިބީ ގަބޫލުކޮށްގެންނެވެ. ނަމަވެސް ކަންތައް ހިނގީ މުޅިން ހީކުރިގޮތާއި ހިލާފަށެވެ.

އެ ދަތުރުން ފެނިގެންދިޔައީ ދެކުނުގެ ތިން އަތޮޅުގެ ހަމަނުޖެހުން ކުރިއަށް ދިޔަ އިރު އިޔާދަވި ކަންތައްތަކެވެ. އައްޑޫ ހުވަދޫ ފުވައްމުލައް ދިވެހި ދައުލަތާއި ވަކިވެ އުފެއްދި ދައުލަތުގެ އުވާލުމަށް ކުރި މަސައްކަތުގެ ތެރެއިން ބޯޓެއް ފުވައްމުލަކަށް ފޮނުއްވާ ކަންތައްތައް ހިނގި އުސޫލުން ކަންތައްތައް ހިގަމުން ދިޔަތަނެވެ. އެބޯޓް ފުވައްމުލަކުގެ ބަނދަރުގައި ޖެއްސުމާއެކު ފުވައްމުލަކަށް އެރިޔަނުދީ އެމީހުން ހިފަހައްޓާ ކަންތައް ވެގެންދިޔަގޮތަށް އަމަލުތަކެއް ފެނިގެން ދިޔައެވެ.

އެހަނދާންތަކަށް ޖެހިލާއިރު ފުރަތަމަވެސް ފެންނަން އޮތީ ބޯޓާ ދިމާލަށް އެ ރަށުން ނުކުތްމީހުން ކަންތައް ކުރި ގޮތެވެ. ފުރަތަމަވެސް ފެށީ ގާ އުކާށެވެ. އުކަމުން ދިޔަ ގާތަކުން ސަލާމަތް ނުވެގެން އެ ބޯޓަށް އެ ރަށާއި ގާތް ނުކުރެވުނެވެ. ވެހެމުންދިޔަ ހިލައިގެ ވާރޭއެއްހެން ގާތައް އުކަމުންދިޔައެވެ. އެއީ މީގެ 50ހަކަށް އަހަރު ކުރިއެވެ. މައި، ދައުލަތު ދެކެ ވެފައިވާ ނަފްރަތާއި ރުޅި ބޭލީ އަތުގަ ޖެހުނު އެއްޗަކުންނެވެ. ވާރޭހޭހެން ގާތައް، ގަޔާ ދިމާލަށް އަންނަން ފެށުމުން ކެތްނުވެ އެ ބޯޓަށް މަޖުބޫރުވީ ހަތިޔާރު ބަހައްޓާފަ އަވަހަށް ފިލާށެވެ.

2023ކެމްޕެއިނަށް ވާޑައިގެން ވެރިންނާއި، ދިމާލަށް ރައްޔިތުން ތެރެއިން ބަޔަކު ނުކުމެ ގާތައް އުކަން ފެށިއެވެ. ފުލުހުނާއި، ސިފައިން އެ ރައްޔިތުންނާއި ދެކޮޅަށް ނުކުމެ ބާރުގެ ބޭނުން ކުރަން މަޖުބޫރުކުރުވިއެވެ. ދިވެހި ފުލުހުންނާއި، ރައްޔިތުންނާއި ދެމެދު ހަމަލާތަކެއް އަމާޒުވެ، ހިޔާލު ފާޅު ކުރަމުންދިޔަ އެތައްބަޔަކަށް އަނިޔާ ތަކެއް ލިބިގެންދިޔައެވެ. ފުވައްމުލަކު ރައްޔިތުންތިބީ ދޫދޭކަށެއްނޫނެވެ. އެ ރައްޔިތުން ބުނަމުންދިޔައީ ގާ އުކައިގެންވެސް، ތަރައްގީ ހޯދުމަށް ފެންބޮވާގަނެފަވާ ކަމަށެވެވެ.

ރައީސް ސޯލިހުގެ އެ ކެމްޕެއިން ދަތުރުގެ ހަނދާނުން، ފިލައިގެން ނުދިޔަކަމަކީ މުލަކު ހަޅުތާލެވެ. ހަމަ އެ ހަނދާނާއިއެކު އާވި ދެނކުނު ބަޢާވާތެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރުގައި ފުއައްމަލުމިހުން ކުރި ހަޅުތާލު:ފޮޓޯ ސޯޝަލް މީޑީޔާ

އާބާދީގައި ގިނަބަޔަކު ތިއްބަވާ ދެކުނަށް ލިބޭ ނައިބުންގެ އުއްމީދުބޮޑެވެ. ނަމަވެސް ނުލިބެނީ ތަރައްގީއެވެ. ޑރ. މުއިއްޒުގެ ވެރިކަންވެސް ފެށެނީ ދެކުނުންނެވެ. މިއަދުގެ ނައިބަކީވެސް ދެކުނަށް ނިސްބަތްވާ ދަރިއެކެވެ. ގދ. ފަރެސްމާތޮޑާއަށް އުފަން ހުވަދޫ ފަޙުރުވެރި ދަރިއެކެވެ. އަލްއުސްތާޒު ހުސެން މުހައްމަދު ލަތީފެވެ. އިލްމީ ގާބިލު ބޭފުޅެކެވެ. ސިޔާސީ ހުނަރުތައް ދަނެގެންހުރި ސިޔާސީ ލީޑަރެކެވެ.

ވައުދުތަކާއި މެނިފެސްޓޯއެއް ހިފައިގެން ވެރިކަމަށްއައި ވެރިއެއްގެ ނައިބަކަށް ވަޑައިގެންނެވި ޝަޙްސިއްޔަތެވެ. ހުސެން ލަތީފްގެ ވެސް އުއްމީދަކަށްވާނީ ގައުމު ހިމާޔަތް ކުރުމެވެ. އަތޮޅާއި ރަށަށް ފައިދާހުރި މަސައްކަތްތެކެއް ކުރުމެވެ. ނޮވެމްބަރު 17 ގައި ހުވާކުރާ ވެރިކަމުގެ ދައުރާއެކު ފެނިގެންދާނީ ދެނކުނުން ވިދާލި ނައިބު ލީޑަރެއްގެ އުއްމީދީ ކުލަވަރެވެ.

ވެރިކަމުގެ ދެވަނަ ހިއްސާ އޮތީ ދެކުނުގައިކަން ޔަގީނެވެ. ނަމަވެސް ކުރީގެ މާޒީން ތަރައްގީގެ ކުލަވަރުތަކައް ވަނީ ފަޑުކަމެއް ލިބިފައެވެ. ވެރިކަމުގެ ދައުރާއިއެކު ތަރައްގީގެ މަންޒަރުތަކަށް ބަދަލު އަންނާނެ ބާ! ރައްޔިތުން އެދެނީ ތަރައްގީ ކަން ޔަގީނެވެ.

އުއްމީދަކީ ތަރައްގީއާ ތަމައްދުންގެ ކުލަތަކުން ޖަރީވާން ބޭނުންވެފައިތިބި މުޅި ރާއްޖެއާއި، ދެކުނުގެ ރައްޔިތުންނަށް ތަރައްގީގެ އާ އުސްމިންތަކާއިއެކު އުއްމީދުތަކެއް ލިބިގެން ދިއުމެވެ. އުއްމީދީ އަލިކަމެއްގެ ވޮއް ދިއްލިގެން ދިއުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: