ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާތިލް ވޯޓުތައް ގިނަވުން، ފަރުދީ ޒިންމާ ކޮބާ؟

ރިޔާސީ އިންތިހާބުގެ ހިރިޔާ ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލުން ބަންދު ކުރުމަށްފަހު، އޮފިޝަލުން ވޯޓު ގުނަން ތައްޔާރު ވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރުދުންނަކީ ދިވެހިރާއްޖޭގެ ކަންކަމަށް އަބަދުވެސް ބަސް ބުނަމުން އަންނަ ބަޔެކެވެ. އެތަނެއްގައި ހިނގަމުން އަންނަ ކަންކަމަށް ފާޑުކިޔާނީވެސް އެތަނެއްގައި ދިރިއުޅެމުން އަންނަ ފަރުދުންނެވެ. އެހެންނަމަވެސް ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްވެއެވެ. އެ ޒިންމާއަކީ ތިމާ އެތަނެއްގެ ރައްޔިތަކަށް ވީތީ ނުވަތަ ގައުމަށްޓަކައި އަދާކޮށްދޭންޖެހޭ ކަންކަމެވެ. އެހެންނަމަވެސް މިއަދު ފެންނަމުންދާ މަންޒަރަކީ ތިމާގެ ފަރުދީ ޒިންމާ އަދާނުކުރި ކަމުގައި ވީނަމަވެސް ގައުމުގައި ހިނގާ ކަންކަމުގައި ބަސް ބުނުމެވެ. މިއީ މިހާރު ގިނަ މީހުން ކުރަަމުން އަންނަ ކަމެކެވެ.

ގައުމުގެ އެކި ކަންކަމުގައި ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ގައުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބާތޯ ބަލައި އެކަމެއް ކުރުމަށް ބާރު ދިނުމަކީ ގައުމުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. ގައުމުގައި ހިނގާ ކަންކަމުގައި ބަސް ބުނުމުގެ ހައްގު އެންމެނަށްވެސް ލިބިގެންވެއެވެ. ބަސް ބުނެއެވެ، އެހެން ނަމަވެސް އެބަސް ބުނުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުކުރާ މީހުންވެސް އުޅެއެވެ. އެ ހައްގު ކޮންމެ މީހަކަށްވެސް ލިބިންގެން ވާއިރު އެކަމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާ ތަނެއް ނުފެނެއެވެ.

ރިޔާސީ އިންތިހާބަކީ ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގުމަށް ވެރިޔަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބެކެވެ. 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްވެސް ގާނޫނުން ލިބިދޭ ޙައްގުތަކެއް ވެއެވެ. އެހެންކަމުން ވޯޓުލުމަކީ ރައްޔިތުންނަށް ލިބިފައިވާ ވަރަށް ބޮޑު ހައްގެކެވެ. އަދި ބާރެކެވެ. ވޯޓު ލުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ. ރައްޔިތުން ނިކުމެ އެމީހަކަށް ކަމުދާ މީހަކަށް ވޯޓުލައެވެ. ކޮންމެ އިންތިހާބެއްގައިވެސް 3 ވައްތަރެއްގެ މީހުން ތިބެއެވެ. ވޯޓު ލާމީހުންނާއި، ވޯޓު ނުލާ މީހުންނާއި އަދި ވޯޓު ލާން ދިޔަނަމަވެސް ވޯޓު ބާތިލް ކުރާ މީހުންނެވެ. ގައުމެއް ހިންގުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ އެތަނެއްގައި ބަސްބުނުމަށާއި ގައުމު ހިންގުމަށް ވެރިއަކު ހުރުމެވެ. އެހެން ކަމުން ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލުވެގެން ދާއިރު އެ ގައުމަކަށް އެންމެ ރަނގަޅު ގޮތަކީ ނުވަތަ އެންމެ ރަނގަޅު ވެރިޔަކީ ކޮބާކަން ރައްޔިތުން ނިންމަން ޖެހެއެވެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި ގައުމަށް ވެރިއަކު ހޮވުމަށް ސައްހަ ވޯޓެއްލާ މީހައަކީ މިގައުމަށް އަދާކޮށްދޭން ޖެހޭ ޒިންމާ އޭގެ އެންމެ ފުރިހަމައަށް އަދާކުރާ މީހާއެވެ. އެހެން ނަމަވެސް އުފެދޭ ސުވާލަކީ ވޯޓުލާން ގޮސް އެ ވޯޓު ބާތިލް ކޮށްލާ މީހާއަށް ގައުމުގައި ހިނގާ ކަންކަމުގައި ބަސް ބުނުމުގެ ހައްގު ލިބިގެން ވޭތޯއެވެ. އެމީހާ ލާ ވޯޓަކީ ސައްހަ އެއްޗަކަށް ހަދަން ޖެހޭ މައިގަނޑު އެއް ސަބަބަކީ ގައުމަށް ރަނގަޅު ގޮތް ހޯދައިދިނުން ނުވަތަ ގައުމަށް ރަނގަޅު ވެރިއަކު ހޯދައިދިނުމެވެ. މިގައުމުގެ ހުންގާނުގައި ހުންނަން ޖެހޭނީ ކޮންކަހަލަ ވެރިއެއްތޯ ނިންމަނީ ރައްޔިތުންނެވެ. އެހެންކަމުން ރައްޔިތުން އެނިންމާ ބޮޑު ނިންމުމުގައި ތިމާ ބައިވެރިވުމަކީ މުހިންމު ކަމެކެވެ. ބާތިލް ވޯޓުލާ ކޮންމެ މީހެއްވެސް ގައުމުގައި ކަމެއް ގޯސްކޮށް ހިނގާނަމަ އެކަމަށް ބަސް ބުނެއެވެ. އެހެން ނަމަވެސް ގައުމާއި މެދު ގޮތް ނިންމަން ތިބޭ މީހުން ރައްޔިތުންގެ ވޯޓަކުން ހޮވާ އިރު އެކަމުގައި ބައިވެރި ނުވުމަކީ ގައުމާ މެދު ނުވަތަ ތިމާގެ ފަރުދީ ޒިންމާއާއި މެދު ފަރުވާކުޑަކުރުމެވެ.

ވޯޓު ލާން ގޮސް ބާތިލް ވޯޓެއް ލުމަކީ އޭގައި އެއްވެސް ފައިދާއެއް އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް ނިމިގެން ދިޔަ އިންތިހާބުގައިވެސް ފެނިގެންދިޔަ މަންޒަރަކީ ބާތިލް ވޯޓު ގިނަވުމެވެ. ކޮންމެ އިންތިހާބެއްގައި ވެސް މި މަންޒަރުތައް ފެނިގެންދެއެވެ. ފަރުދީ ޒިންމާ އަދާކުރުމަކީ ހަމައެކަނި ގޮސް ވޯޓު ލުމެއް ނޫނެވެ. އެވޯޓަކީ ތިމާ ދިރިއުޅޭ ގައުމަށް، އެގައުމުގެ މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތްތޯ ބަލައި އެވޯޓު ސައްހަ ވޯޓަކަށް ހަދަންޖެހެވެ. ތިމާ ގައުމަށްޓަކައި ލާ ވޯޓަކީ ފައިސާއަކަށް ނުވަތަ އެހެންވެސް ވަގުތީ އުފަލަކަށް ވިކޭ އެއްޗަކަށް ނުހެދުމަށް އެންމެންވެސް ވިސްނަންޖެއެވެ.

ވޯޓު ލުމުގައި ތިމާގެ ވިސްނުން އިސްކޮށް ގައުމަށް އެންމެ ފައިދާ ހުރީ ކޮން ގޮތެއްތޯ ބަލަންޖެހެއެވެ. ބޮޑެތިވަމުން އަންނަ މިގައުމުގެ ދަރިން ފަރުދީ ޒިންމާއަދާކުރާ ބަޔަކަށް ހެދޭނީ މިއަދު މިގައުމުގެ ޒުވާނުން ޒިންމާދާރު ވެގެންނެވެ. އެކުދިންނަށް ފަރުދީ ޒިންމާ އަދާ ކުރުމުގެ މުހިންމުކަން ކިޔައިދެވޭނީ މިއަދުގެ ޒުވާނުން އެމަންޒަރު ދައްކައިދީގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: