ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިލިންޑަރު ގޮވުމުގެ ދެ ހާދިސާއެއް؛ މުއިއްޒު ގޮވާލެއްވީ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ ބިލު އަވަސްކޮށްދޭން

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދިނުމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ހދ. މަކުނުދޫ އާއި ހދ. ކުޅުދުއްފުށީގައި ގޭސް ސިލްޑަރު ގޮވައި ބޮޑު ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށި އެއާޕޯޓުގައި ފަޔާ ޓްރެއިނިންއަށް ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ސިލިންޑަރު ގޮވައި ހަތަރު މީހަކަށް އަނިޔާވިއިރު ހާލު ސީރިއަސްވި މީހަކު އިތުރު ފަރުވާއަށް އިއްޔެ ވަނީ އިންޑިއާއަށް ފުރުވާލާފަ އެވެ.

މިއަދު މަކުނުދޫގައި ބާރުގަދަ އަޑަކާއި އެކު ގޭސް ސިލިންޑަރެއް ގޮވައި ހިނގި ހިތާމަވެރި ހާދިސާގައި ދެ ބިދޭސީއަކު ވަނީ ނިޔާވެފަ އެވެ. ކާކުކަން ވަކި ނުކުރެވޭ ވަރަށް އެ މީހުންނަށް އަނިޔާވިއިރު ހަށިގަނޑުގެ އެކި ބައިތައް 200 ފޫޓު ދުރަށް ބުރައިގެން ގޮސްފައިވާކަމަށް ރަށުގެ މީހުން މައުލޫމާތު ދެ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅައިދޭން ކަމާއި ބެހޭ މުވައްސަސާތަކަށް ގޮވާލާކަމަށެވެ. އަދި ނިޒާމީ ގޮތެއްގައި މިފަދަ މައްސަލަތަކަށް ހައްލު ހޯދަންޖެހޭ ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދޭން މެމްބަރުންގެ އަރިހުން އެދޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 71%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: