ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސް ގެނައުމުގެ އެއްބަސްވުމާއި ގުޅޭ ވާހަކަ ހެލްތް މިނިސްޓްރީން ވެސް ދޮގުކޮށްފި

ބޭސްފިހާރަތަކެއްގެ ނަން ބޯޑުތަކެއް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ބޭހާއި، އެއާ ގުޅުން ހުރި ބައެއް ސަޕްލައިތައް ފޯރުކޮށްދިނުމަށް އިންޑިއާގެ ކުންފުންޏަކާ ދެމެދު ސޮއި ކުރަން އުޅޭކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި ތުހުމަތުތައް ހެލްތް މިނިސްޓްރީން ވެސް ދޮގުކޮށްފި އެވެ.

އެސްޓީއޯއަށް ބޭސް އެތެރެ ކުރުމަށް އިންޑިއާގެ ޓަމިލްނާޑޫގެ ކުންފުންޏަކާއި އެކުވެފައިވާ އެއްބަސްވުމުގައި ސޮއިނުކޮށް މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވިކަމަށް ވިދާޅުވީ އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އެވެ.

އެސްޓީއޯއިން ބުނީ އެފަދަ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަސައްކަތެއް ކުރިޔަށް ނުދާކަމަށާއި، އަދި އެ ކުންފުނީގެ އެއްބަސްވުމެއްގެ މަސައްކަތް ހުއްޓާލުމަށް އެއްވެސް ފަރާތަކުން އަންގާފައި ވެސް ނެތް ކަމަށެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ރައްޔިތުންގެ އަސާސީ ހިދުމަތާއި ގުޅޭކަމެއްގައި އިންތިގާލީ މުއްދަތުގައި އެއްބަސްވުމެއް ގާއިމު ކުރާތީ އެކަމާ މެދު މުއިއްޒު ކަންބޮޑުވުންފާޅު ކުރެއްވި ކަމަށެވެ. އަދި މި މަރުހަލާފައި އެފަދަ މަސައްކަތެއް ކުރިޔަށް ނުގެންދިއުމަށް މީގެ ކުރިން ވެސް އަންގާފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ އެ އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ ބޭހާއި އެއާއި ގުޅޭ އެހެނިގެން ސަޕްލައިތައް ފޯރުކޮށްދިނުމަށްވާ ހާއްސަ އެއްބަސްވުމެއްގެ ތެރެއިން އެސްޓީއޯގެ ޓަމިލްނާޑޫގެ ކުންފުންޏަކާ ދެމެދުވާން ހަމަޖެހިފައިވާ އެއްބަސްވުމެއް ކަމަށެވެ.

އެސްޓީއޯއިން ވެސް ރައްދުގައި ވާހަކަ ދައްކާފައިވަނިކޮށް ހެލްތް މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު އައިޝަތި ޝަތުފާ “ސަންގު” އަށް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ދެކެވުނު ވާހަކައަކީ ދޮގެއް ކަމަށެވެ. އިންތިގާލީ މަރުހަލާފައި ނޫނަސް، އަބަދުވެސް ޕާޗޭސް އޯޑަރުތައް ފޮނުވާކަމަށް ޝަތުފާ ވިދާޅުވި އެވެ. އެކަމަކު މިވަގުތު އެފަދަ މަސައްކަތެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އިންތިހާބީ ރައީސްގެ އޮފީހުން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ލެބޯޓްރީގައި ބޭނުން ކުރާ ކެމިކަލާއި ސިރިންޖު ފަދަ އެއް ފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ސާމަނަކީ ވަކި އުސޫލަކުން އޯޑަރުކޮށް، ސްޓޮކް ބަލަހައްޓަމުން ގެންދަންޖެހޭ ތަކެއްޗައް ވިޔަސް މި ސަރުކާރުން އެގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.

އެކަމަކު، އެ ވާހަކަތައް ވެސް ދޮގުކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކޮވިޑުގެ ދަތި ދުވަސްވަރު ވެސް މެދުކެނޑުމެއް ނެތި ރާއްޖެއަށް ސިއްހީ ސާމާނު ލިބުނު ކަމަށެވެ. އަދި ހަމަ އެ އުސޫލުގެ ތެރެއިން ބޭހުގެ ސަމާނާއި، އެހެން ފެސިލިޓީތައް ހުއްޓުމެއް ނެތި ލިބެމުންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: