ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިނަރެސްއަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންގެ އިންޓްރެސްޓު ކުޑަކޮށްފި

ވިނަރެސް ފްލެޓުތައް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންގެ އިންޓްރެސްޓު ރޭޓު ހަ އިންސައްތައަށް ކުޑަކޮށްފި އެވެ.

މީގެ ކުރިން 09 އިންސައްތައިގައި ހުރި އެ އަދަދު ދަށްކުރުމުން، 25 އަހަރުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ފްލެޓު ގަންނަ މީހުންނަށް ގާތްގަނޑަކަށް 1.2 މިލިއަން ކުޑަކުރެވޭނެ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އާބަންކޯއިން ބުނީ ހުޅުމާލޭގެ ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ދައްކަން ޖެހޭ ފައިސާގެ އިންޓްރެސްޓު ރޭޓު ކުޑަކުރުމުން ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ބަދަލު ގެނެވިފައި ވަނީ ހަމައެކަނި ދިގު މުއްދަތައް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކަށް އެކަންޏެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އަބަންކޯއިން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަރބަންކޯ އިން ހިންގާފައިވާ މި ވިނަރެސް މަޝްރޫއުގައި މިހާތަނަށް 288 ފަރާތަކާ އެކު އެގްރީމެންޓްގައި ވަނީ ސޮއިކޮށްފަ އެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: