ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ސަރުކާރުގައި ބައިވެރިވުމުގެ މަޝްވަރާތައް އަދިވެސް ދަނީ ކުރިޔަށް: ހަސަން

ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލް ބައްދަލްވުމުގައި ހަސަން ލަތީފް/ ފޮޓޯ: މި
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ބައިވެރިވުމާއި މެދު އަދިވެސް ކުރިޔަށް ދަނީ މަޝްވަރާތަކެއްކަމަށް އެ ޕާޓީގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ހަތް އިންސައްތައާއި އެކު، ތިންވަނައަށް ދިޔަ ޑިމޮކްރެޓްސް ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރި ނަމަވެސް އެބޭފުޅުން ބޭނުންވީ ސަރުކާރު ބަދަލު ކުރުމަށެވެ. އަދި ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރުމުން ސަރުކާރަށް މަރުހަބާ ކިޔައި، އެ ޕާޓީގެ މެމްބަރުން ދަނީ ސަރުކާރު ހިންގުމުގައި އެއްބާރުލުން ދޭނެކަމަށް ބުނަމުންނެވެ.

ޕާޓީގެ ބައެއް ހަރަކާތްތަކާއި ބެހޭ މައުލޫމާތުތައް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. މުއިއްޒުގެ ސަރުކާރުގައި އޮންނާނެ ބައިވެރިވުމާއި ގުޅޭގޮތުން ހަސަން ވިދާޅުވީ އަލަށް އެކުލެވޭ ސަރުކާރުގައި ބައިވެރިވުމާއި މެދު މަޝްވަރާތައް އަދިވެސް ދަނީ ކުރިޔަށް ކަމަށެވެ. އަދި އަލަށް އެކުލަވާލާ ސަރުކާރުން ލިބޭ މަގާމުތަކަށް ވުރެ މުހިންމީ އޭނާ ވިދާޅުވި ގޮތުގައި ޕާޓީން ގަބޫލު ކުރާ މިންގަނޑުގެ ތެރެއިން އައު ސަރުކާރުގެ ސިޔާސަތުތައް ބައްޓަންވުމެވެ.

އަޅުގަނޑުމެން މަޝްވަރާތަކެއް ކުރިން އިންތިހާބުގެ ކުރިން ވެސް.. ދެން އިންތިހާބުގެ ފަހުން ވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އާ ބައްދަލު ކުރިން… އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވާނެ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އަޅުގަނޑުމެން އެކަންކަން ދެކެން ބޭނުންވާކަމެއްގެ ގޮތުގައި.. އަޅުގަނޑުމެންގެ ހިއްސާ އޮންނަން އެއީ އެބޭފުޅުންގެ އަތްމަތީގައި އޮތްކަމެއް.

ހަސަން ވިދާޅުވީ އެ ބައްދަލުވުމުގައި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހިންގާފައި ހުރި އެކި ހިޔާނާތްތަކުގެ މައްސަލަ ބެލި އެކަންކަން ހުއްޓުވާނެކަމުގެ ފެހި ސިގްނަލް އެ ބައްދަލުވުމުން ލިބިގެން ދިޔަ ކަމަށެވެ.

މީގެ ކުރިން ބޭއްވި ޕްރެސްއެއްގައި ވެސް ހަސަން ވިދާޅުވީ އިންތިހާބީ ރައީސްގެ ސަރުކާރު ހިންގުމުގައި އެއްބާރުލުން ދޭނެކަން މީގެ ކުރިން ވެސް ހާމަކޮށްފައިވާނެ ކަމަށެވެ. އެއީ ދައުލަތުގެ މަގާމުތައް ވެސް ހިމެނޭހެންކަމަށާއި، ސަރުކާރުގެ އެކި މަސައްކަތްތަކުގައި ޑިމޮކްރެޓްސްގެ އެއްބާރުލުން ލިބޭނެކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ހަމައެކަނި ބޭނުން ވަނީ ސަރުކާރު ހިންގުމުގައި ހިޔާލާއި މަޝްވަރާ ދޭން ނޫންކަމަށާއި، ދައުލަތުގެ މަގާމުތައް މެދުވެރިކޮށް ވެސް މަސައްކަތް ކުރުމަށް ބޭނުންވާކަމަށެވެ. އެހެންކަމުން މީގެ ކުރިން ވެސް އެ ވާހަކަ ހާމަކޮށްފައި ވާނީ، ހަމަ އެ މާނައިގައިކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން އުންމީދު ކުރަނީ ސަރުކާރު ހިންގުމުގައި ވެސް ބައިވެރިވުން.. ކޮންމެހެން ސަރުކާރު ހިންގުމުގައި މަޝްވަރާ ދިނުމާއި، ހިޔާލު ދިނުން އެކަންޏެއް ނޫން.. ސަރުކާރު ހިންގުމުގައި ވެސް ބައިވެރިވުން.. އެ މާނައިގަ ކުރިން ވެސް އަޅުގަނޑު ކުރިން ވެސް އެ ވާހަކަ ދެންނެވީ.. މިހާރު ވެސް މި ދަންވަނީ ސަރުކާރު ހިންގުމުގައި ޑިމޮކްރެޓްސްގެ މެމްބަރުން ވެސް.. އޭގެ މާނައަކީ ސަރުކާރުގެ މަގާމުތަކުގައި ވެސް ތިބުން

ހަސަން ވިދާޅުވީ ސަރުކާރުގައި ބައިވެރިވީ ނަމަވެސް ޖަވާބުދަރީ ކުރުވުމުގައި ކުރަންޖެހޭ މަސައްކަތް އެ ޕާޓީން އަބަދުވެސް ކުރަމުން ގެންދާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަށް ސަރުކާރަށް އަބަދުވެސް ބާރުއަޅާނެކަމަށް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑިމޮކްރެޓްސް ހުރިހާ ގޮނޑިއަކަށް ވެސް ވާދަކުރާނެކަން ހާމަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ޕާޓީން ދާއިރާތަކަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ އެތެރޭގެ ޕްރައިމެރީއަކުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: