ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އެދޭފަދަ އުމްރާނީ ތަރައްގީ ޑރ. މުއިއްޒުގެ ވެރިކަމާއެކު ފެންނާނެ: ޣައްސާން

ރައްޔިތުންގެ މަޖިލީހުގެ ތ، ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫން: ފައިލް ފޮޓޯ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވާތަނުން ފެނިގެންދާނީ ރައްޔިތުން ގަބޫލުކުރާފަދަ އުމްރާނީ ތަރައްގީ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”2023 ގެ ރައީސް“ ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުން ޣައްސާން ވިދާޅުވީ ވެރިކަން ކުރަންދަންނަ ވެރިއަކު ވެރިކަމާއި ހަވާލުވާ ހިސާބުން އުމްރާނީ ތަރައްގީއާއި އެކު ރައްޔިތުން އެދޭފަދަ ތަރައްގީ ފެންނަން ފަށާނެ ކަަމަށެވެ.

”ރައިސް މުއިއްޒު ވެރިކަމާއި ހަވާލުވާ ހިސާބުން ރައްޔިތުން އެކްސެޕްޓް ކުރާ ގިނަގުނަ އުމްރާނ ތަރައްގީތަކާއި، އަދި ރައްޔިތުންނަށް ފައިދާވާ އެހެނިހެން ތަރައްގީ ފެންނާނެ.“ ޣައްސާން ވިދާޅުވިއެވެ.

ޢައްސާން ވިދާޅުވީ ޑރ. މުއިއްޒުގެ ވެރިކަމުގައި ބަޖެޓް ކަނޑައަޅާނީ ކުޑަމިންވަރެއް ކަމަށާއި، އެއީ ބައިނަލްއަގްވާމީ މިންގަޑަށް ފެތޭ މިންވަރު ކަމަށެވެ. އެގޮތުން ދަރަނި ޑީޖީޕީ އަށް ޖެހޭ މިންވަރު ކުޑަ ކުރެވޭނެ ކަމަށެވެ. އަދި މިހާރު ކަނޑައަޅާފައިވާ ގޮތުން ބަޖެޓްގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ 49 ބިލިއަންރުފިޔާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ބަޖެޓް ކަނޑައަޅާފައިވާ މިންވަރާއި ގުޅޭގޮތުން އިންތިހާބީ ރައީސްގެ އޮފީހުންވެސް ހާމަ ކުރައްވާފައިވަނީ 49 ބިލިއަން ރުފިޔާގެ އަދަދަކީ ތައްރައްގީގެ ކަންކަން ކުރުމުގައި ޖުމްލަ ހިފަހެއްޓޭނެ އަދަދު ކަމުގައި ހެދުމައްޓަކާއި މަސައްކަތަ ކުރައްވާނެ ކަމަށެވެ. މިގޮތަށް އަމަލު ކުރައްވާނީ ޑރ މުއިއްޒުގެ ވައުދުތައް ފުއްދުމަށް ކަމަށާއި، ނަމަވެެސް ރައީސް ސޯލިހުގެ ވެރިކަމުގައި ވާރުތަވާ ތަަރައްގީގެ މަޝްރޫއުތައްވެސް ނުހުއްޓަވާ ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވެރިކަމުގެ ހުވާކުރުމާއެކު ފެނިގެންދާނީ ރައްޔިތުން އުފާވާ މަންޒަރު ކަމަށާއި، އެއީ މަސައްކަތް ކުރަންދަންނަ ވެރިއަކާއި ގައުމުގެ ވެރިކަން ހަވާލުކުރެވުމުގެ އުފާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: