ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއާއި އިންޑިއާގެ ކޯޅުމުގައި ރާއްޖެ ފިތި ބާރުވާން ބޭނުމެއް ނޫން: މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު.- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ – ޗައިނާގެ ބޯޑަރުގެ ކޯޅުންތަަކުގައި ބައިވެރިވުމަށް ބޭނުން ނުވާކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބޭރުގެ މީޑިއާއެއްކަމަށް ވާ، ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު، އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ގައުމުގެ މިނިވަންކަމުގެ ހައްގުގައިކަން ފާހަގަކުރައްވައި އެންމެ ފުރަތަމަ ދުވަހުން ވެސް ފެށިގެން ވެސް އެގްރިމެންޓުތަކުގެ އަސްލު ހޯދައި ބަލާނެކަމަށް ތަކުރާރު ކުރައްވާފަ އެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކާއި، ޒާތީ ގޮތުން ދިމާކޮށް ދެބަސްވުންތަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ނަމަވެސް ގައުމުގެ މިނިސްވަންކަމާއި، އިސްތިގުލާލާއި ހަމައިން ބަސް ބުނަން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިންނާ ގުޅޭ މާބޮޑު ތަފްސީލީ މައުލޫމާތުތަކެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ނޭނގޭ ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާ މައްސަލަތަކުގައި މެމްބަރުންގެ ހިޔާލު ހުރިގޮތް ވެސް ތަފާތުކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި ބޭރު ސިފައިންނާއި ގުޅޭގޮތުން ބޭނުންވާ މައުލޫމާތުތައް ހޯދޭނެ ކަމަށެވެ.

ޕްރޮގްރެސިވިލް ކޯލިޝަން ނުވަތަ މުއިއްޒުއާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ޗައިނާ އެކު އޮތް ގާތް ގުޅުމަށް އެކި ގޮތްގޮތުން އަމާޒުވާ ފާޑުކިއުންތަކަށް މުއިއްޒު ވިދާޅުވީ އެ ގައުމުގެ ޕްރޮޖެކްޓުތަކުން ރާއްޖެއަށް އިގްތިސާދީ ކުރިއެރުން ލިބުނުކަން ފެންނަން އެބައޮތް ކަމަށެވެ. މުއިއްޒު ވަނީ މި ސަރުކާރުން ގެންގުޅުނު ފަދަ “އިންޑިއާ ފަސްޓް ޕޮލިސީ” ގެ “ޗައިނާ ފަސްޓް ޕޮލިސީ” އެމަނިކުފާނު ނުގެންގުޅުއްވާނެކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ އެފަދަ ބާރުތަކުގެ ދެމެދުގައި ރާއްޖެ ފިތި، ބަސް ބުނަން ޖެހޭ ވަރަށް ވުރެ ކުޑަ.. އެފަދަ ދެބަސްވުމެއްގައި ބައިވެރިވުމަށް ބޭނުމެއް ނޫން

އިމުގެ މައްސަލައިގައި އިންޑިއާ – ޗައިނާ ދެމެދު ބޮޑު ދެބަސްވުމެއް އުފެދި އެކަމުގެ ކޯޅުންތައް ވެސް ކުރިޔަށްދާއިރު މުއިއްޒު ވިދާޅުވީ އެކަމުގެ ތެރޭގައި ރާއްޖެއަށް އަސަރު ކުރުން ވެސް ރަނގަޅެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ ބާރުތަކުގެ ތެރެއަށް ވަނުމަށް ވުރެ މިއީ ކުޑަ ގައުމެއްކަން ވެސް ފާހަގަކުރެއްވި އެވެ.

އިންޑިއާ – ޗައިނާގެ ބޯޑަރު ކައިރީގައި ދޭތެރެއަކުން ދެ ގައުމުގެ ސިފައިންގެ ދެމެދު ކުރިމަތިލުންތައް ހިނގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: