ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއެކު ގާއިމުކޮށްފައިވާ އެއްބަސްވުންތައް ރިވިއުކޮށް ތަފްސީލުތައް ހޯދާނަން: މުއިއްޒު

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިއާގެ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުންތައް ހޯދައި، އެ ރިވިއު ކުރެއްވުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހި ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެތިބުމަށް ފުރުސަތު ދެވިފައިވާކަމަށް ކުރެވޭ ތުހުމަތުގެ އަޑުތައް ގަދަ އެވެ. ޑޯނިއާ ބެލެހެއްޓުމާއި، އެ ނޫން ވެސް ބައެއް ތަމްރީނާއި ގުޅުން ހުރި މަސައްކަތްތަކަށް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިކަން ސަރުކާރުން ވެސް ކަށަވަރުކޮށްދޭއިރު އެއީ މިނިވަންކަމަށް ބުރޫއަރާ ފަދަ ގޮތަކަށް ހިނގާކަމެއް ނޫންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެންމެ ފަހުން ވެސް ހަމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޑޯނިއާއާއި ގުޅުން ހުރި ކަންކަމުގައި، 75 އޮފިސަރުން ތިބިކަމެވެ. އެހެން ނަމަވެސް ޖުމްލަ އަދަދު ހާމަކުރުމަށް ދެކޮޅު ހަދައި، އެ މައްސަލަ ކޯޓަށް ވެސް ސަރުކާރުން ހުށަހެޅި އެވެ.

މުއިއްޒުގެ އެންމެ ބޮޑު ވައުދަކީ އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެސް އެ ވާހަކަ ތަކުރާރު ކުރެއްވިއިރު ބޭރުގެ މީޑިއާތަކުގެ ސަމާލުކަން ވެސް އެ ވާހަކަފުޅަށް ވަނީ ހުއްޓިފަ އެވެ.

ބޭރުގެ މީޑިއާއެއްކަމަށް ވާ، ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު، އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ގައުމުގެ މިނިވަންކަމުގެ ހައްގުގައިކަން ފާހަގަކުރައްވައި އެންމެ ފުރަތަމަ ދުވަހުން ވެސް ފެށިގެން ވެސް އެގްރިމެންޓުތަކުގެ އަސްލު ހޯދައި ބަލާނެކަމަށް ތަކުރާރު ކުރައްވާފަ އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް މިވަގުތު ހުރީ ގައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރުވަނި ގޮތަކަށް ނޫން ކަމަށެވެ. އަދި އިންޑިއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލުތައް އެނގޭ އިތުރު އިދާރާއެއް ނެތުމަކީ ކަންބޮޑުވުމެއްކަމަށާއި، އެ އެއްބަސްވުންތަކުގައި ހުރި ވާހަކަތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގެން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި މިނިވަންކަމަށް ބުރޫއަރާ ގޮތަށް ތިބުމަކީ ދިވެހި ރައްޔިތުންނަށް ހުރި ގެއްލުމެއް ކަމަށެވެ.

އަޅުގަނޑުމެން އެއްވެސް ގައުމެއްގެ އަސްކަރިއްޔާއެއް މި ގައުމުގެ ފަސްގަނޑުގައި ތިބެން ބޭނުމެއް ނުވޭ.. އެކަން ސާފު.. އެއީ އިންޑިއާތޯ، ނޫނީ އެހެން ގައުމެއްތޯ ބެލުމެއް ނެތް.. މިވަގުތު ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި، އެކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ޔަގީންކޮށްދޭ.. އެ މީހުން އެބަތިބި.. އެކަމަކު އެބުނަނީ އޮފިސަރުން ތިބީ އެހެން ބޭނުމެއްގަ އޭ

މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ޝަކުވާއަކީ ވަކި ގައުމަކަށްވުން ނޫންކަމަށާއި، އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަށް ރާއްޖޭގައި ތިބުމުގެ ފުރުސަތު ނެތްކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ޔަގީންކޮށްދެއްވާއިރު ހަމައެކަނި ތަފާތަކީ އެ މީހުން ތިބީ އެހެން ބޭނުމެއްގައިކަމަށް ސަރުކާރުން ބުނަމުން ދިއުންކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި މައްސަލައިގެ ސީރިއަސްކަން ބޮޑުކަމަށާއި، މިހާތަނަށް ވެސް އެކި ނަންނަމުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ޖުމްލަ އަދަދު ސާފު ނުވާކަމަށެވެ. އަދި ރިޕޯޓުތަކުން ފެންނަނީ ތަފާތު އަދަދުތަކެއްކަމަށާއި، މައުލޫމާތުތައް ހޯދަން އެދުމުން އެކަމަށް ދެކޮޅު ހަދައި ސަރުކާރުން ކޯޓަށް ވެސް ދިޔަކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ކުރާ މަސައްކަތާއި، އެ ގައުމުން ރާއްޖޭގައި ކުރިޔަށް ގެންދާ އެއްވެސް ޕްރޮޖެކްޓަކާ ގުޅުމެއް ނެތްކަމަށް ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އުފެދިފައި ވަނީ ޒާތީ މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން މަޝްރޫއުތަކަށް އެކަމުގެ އެއްވެސް އަސަރެއް ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: