ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މިނިވަންކަމަށް އިހުތިރާމް ކުރާ ކޮންމެ ގައުމެއް ގާތް ވާނެ: މުބީން

ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދަވާނެ ބޭފުޅެއްކަމަށާއި، ރާއްޖޭގެ މިނިވަންކަމަށް އިހުތިރާމު ކުރާ ކޮންމެ ގައުމަކާއި އެކު ވެސް ކުރިޔަށް ދެވޭނެކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު އިންތިހާއަށް އެބައޮތްކަމަށް ބުނެ، އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުފުލަނީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުންނެވެ. ގޮތް ނޭނގޭ އެއްބަސްވުންތަކެއްގެ ދަށުން ރާއްޖޭގައި ދިގު މުއްދަތަކަށް ހަތިޔާރާއި އެކު އިންޑިއާ ސިފައިންނަށް ތިބުމުގެ ފުރުސަތު ލިބުމާއި އަދި އެ ނޫން ވެސް ހާއްސަ އިނާޔަތްތަކެއް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ.

ރިޔާސީ ކެމްޕެއިންގައި މުއިއްޒު އެންމެ ބޮޑަށް ވާހަކަ ދެއްކެވީ ވެސް ގައުމުގެ މިނިވަންކަމާއި ޙާރިޖީ ގުޅުންތަކާއި ގުޅޭ ގޮތުންނެވެ. އަދި މިހާރު މި އޮތް އިންތިގާލީ މުއްދަތުގައި ވެސް މުއިއްޒު ވަނީ ރާއްޖެއާއި އެހެން ގައުމުތަކުގެ ދެމެދު އޮންނާނެ ގުޅުންތައް ފާހަގަކުރައްވާފަ އެވެ.

އިންތިގާލީ މަރުހަލާގެ މައުލޫމާތުތައް ގެނެސްދޭ ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި މުބީން މިރޭ ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން ގަބޫލު ކުރާ ހަމައަކީ ގައުމަކާއިއެކު ވެސް ގާތް ގުޅުމެއް އޮތުން ކަމަށެވެ. އެކަމަކު ގައުމު އަޅުވެތިކަމަށް ދަތުރުކޮށްފާނެ ފަދަ މިސްރާބަކަށް ދިއުމުގެ މިސްރާބަކަށް ފުރުސަތު ދެވިގެން ނުވާނެކަމަށާއި، ދަރަނީގެ ދަންތުރައެއްގައި ޖެއްސުމުގެ ޖާގަ ވެސް ދެވިގެން ނުވާނެ ކަމަށެވެ.

މުބީން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަސް އަހަރު ނިމިގެން ދިޔައިރު ރާއްޖޭގައި ވަރަށް ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގުނު ކަމަށެވެ. މިސާލެއްގެ ގޮތުގައި ބްރިޖު ފާހަގަކުރައްވައި މުބީން ވިދާޅުވީ އެ މަޝްރޫއުގެ އަގާއި މެދު ކުރިން ބައެއް ބޭފުޅުން ސުވާލު އުފެއްދި ނަމަވެސް އެ މަސައްކަތް ވަރަށް ފުރިހަމަކަމާއި އެކު ކުރިޔަށް ގެންދެވުނު ކަމަށެވެ.

ގުޅުން ބާއްވާނީ ވަކި ގައުމަކާއި އެކު އެކަނި ނޫންކަން ފާހަގަކޮށް މުބީން ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ކަންކަމަށް ބަސް ނުބުނާ އަދި އިގްތިސާދު ކޮންޓްރޯލް ކުރަން ނޫޅޭ ކޮންމެ ގައުމަކީ ގާތް ގައުމެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ޗައިނާ، ސައުދީ ފަދަ އެތައް ގައުމަކާއި އެކު ވަރަށް ގާތްކޮށް މަސައްކަތް ކުރެވުނުކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި އޮތް އެންމެ ބޮޑު ޝަކުވާއަކީ އެއްބަސްވުންތަކެއްގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމަށް ޖާގަ ދީފައި އޮތް މައްސަލަކަމަށާއި، އެއީ ވަކި ގައުމަކަސް ވީތީ ދެއްކި ވާހަކައެއް ނޫންކަމަށް މުބީން ވިދާޅުވި އެވެ. ބޭނުން ނުވަނީ އިންޑިއާގެ ސިފައިން ތިބުމަށްކަމަށާއި، ރާއްޖޭގައި އެ ގައުމުގެ އެހެން ދާއިރާތަކުގެ މަސައްކަތްތެރިންނާއި މެދު އެއްވެސް ޝަކުވާއެއް ނެތްކަމަށް މުބީން ވިދާޅުވި އެވެ.

އިންޑިއާއަކީ އަޅުގަނޑުމެންގެ އެންމެ އެކުވެރި ގާތް ގައުމޭ.. އެކަމަކު މިނިވަންކަމެއް ގެއްލިގެން ނުވާނެ.. މިނިވަންކަމަށް އަސަރުކޮށްގެން ނުވާނެ.. ދިވެހިން ޔަގީން ކުރުމަށް ބޭނުންވި ކަމަކީ އެއީ

މުބީން ވިދާޅުވީ ދިވެހި ގައުމަކީ މިނިވަން ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މުއިއްޒު އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖެއަށް ޚާރިޖީ ގޮތުން ކުރިއެރުމެއް ގެނެސްދެވޭނެ އިލްމީ ގާބިލު ބޭފުޅަކީ ވެސް އެއީކަމަށް މުބީން ވިދާޅުވި އެވެ.

އިންޑިއާގެ ސަފީރާއި އެކު ބޭއްވި ފުރަތަމަ ބައްދަލުވުވުމުގައި ވެސް އެ ގައުމުގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް މަޝްވަރާ ކުރިކަމަށާއި، އެ މަސައްކަތް އިންތިހާބީ ރައީސް ކުރިޔަށް ގެންދަވާނީ ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިންކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން މުބީން ވިދާޅުވީ މުއިއްޒު މަޝްރޫއުތައް ކުރިޔަށް ގެންދަވާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ބަލައި ކަމަށެވެ. އަދި އެމަނިކުފާނުގެ ހުރިހާ ވައުދުތައް ފުރިހަމަކޮށްދެއްވާނެކަމަށާއި، ގައުމަށް ބޭނުންވިފަދަ އިލްމީ ވެރިއަކީ އެއީކަމަށް މުބީން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: