ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލަ؛ ތަނެއް ކުއްޔަށް ނުނަގާ ސަބަބާ މެދު ޕީޖީގެ ސުވާލު

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގައި ޖާގައިގެ ދަތިކަން ދިމާވާތީ ޝަރީއަތްތައް ކުރިޔަށް ނުގޮސް ލަސްވުމަކީ ކަންބޮޑުވުމެއްކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މާރުކޭޓު ސަރަހައްދުގައި ހުންނަ ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ގިނަ އަހަރުތަކެއް ވެފައިވާއިރު، ފެން ފޭބުމާއި އަދި އެ ނޫން ވެސް ސަބަބުތަކާއި ހުރެ ޝަރީއަތްތަކަށް ވެސް ވަނީ ބުރޫ އަރާފަ އެވެ. އިމަރާތުގެ ހާލަތު ދެނެގަތުމަށް ކޮންސަލްޓެންސީ ރިޕޯޓެއް ވެސް އެކުލަވާލި އިރު ކްރިމިނަލް ކޯޓު ހިންގާ އިމާރާތުގައި ރެނދުލައި ފެން ފައިބާތީ، އެއީ ރައްކާތެރި ތަނެއް ނޫންކަމަށް ކޮންސަލްޓެންޓުން ލަފާ ދިނެވެ.

ވިއްސާރަ ދުވަސްތަކުގައި ޝަރީއަތްތައް އެއްކޮށް ކެންސަލް ކުރާއިރު، ގިނަ ފަހަރަށް ޖާގައިގެ ދަތިކަމާއި ހުރެ ވެސް އަޑުއެހުންތައް ކެންސަލް ކުރެ އެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައިދިން ޓެރަރިޒަމް ހަމަލާގެ މައުލޫމާތުތައް ދިނުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތަހުގީގަށް އައްޔަނުކޮށްފައިވާ އިނގިރޭސިވިލާތުގެ މަންދޫބު އައްބާސް ފާއިޒް ވެސް ވަނީ އަޑުއެހުންތައް ކުރިޔަށް ނުދާކަން ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ހަމަލާއަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ނަމަވެސް އެކަށީގެންވާ މިންވަރަށް ޝަރީއަތްތައް ތާވަލު ކުރެވިފައި ނުވާ ކަމަށެވެ. އަދި އަޑުއެހުންތައް ގިނަ ފަހަރަށް އެކި ސަބަބުތަކާއި ހުރެ ފަސް ކުރާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ދައުވާއެއް ސާބިތު ކުރުމަށް ދިމާވާނެ އެންމެ ބޮޑު ދައްޗަކީ ޝަރީއަތް ދިގުލައިގެން ދިއުން ކަމަށެވެ. އަދި އާންމުކޮށް މައްސަލަ ދިގުލައިގެން ގޮސް އަހަރުތަކެއްވާ ފަހުން ހެކި ބަސް ދިނުމަށް ބައެއް މީހުންނަށް ދަތިވާކަމަށް ވިދާޅުވި އެވެ.

މައްސަލައަށް ގިނަ ދުވަސްވުމުގެ ސަބަބުން އެ ހާދިސާ ސީދާ ހިނގައިދިޔަ ގޮތް ހަނދާނުގައި ނެތުމާއި، އަދި ވަގުތު ހުރި ގޮތުން ހެކި ބަސް ނުދެވޭއިރު ތިން އަހަރަށް ވުރެ ޝަރީއަތެއް ދިގުލައިގެން ދިއުމަކީ އެ ދައުވާއެއް ސާބިތު ކުރުމަށް އޮތް ފުރުސަތު ހަނިވާ ސަބަބެއްކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމުގެ ވާހަކައަކީ ތަކުރާރުކޮށް އަޑުއިވޭ ވާހަކައެއްކަމަށާއި އެހެންކަމުން އެ މައްސަލަ ހައްލު ނުކުރެވެންވީ ކީއްވެގެން ތޯ ސުވާލު އުފެދޭ ކަމަށެވެ. ދައުލަތުގެ އެހެނިހެން ބޭނުންތަކަށް، ޖާގައިގެ ދަތިކަން ދިމާވުމުން އިމާރާތްތައް ކުއްޔަށް ނަގާއިރު ކްރިމިނަލް ކޯޓު ވެސް އެގޮތަށް ހިންގޭނެކަމަށް ޝަމީމް ވިދާޅުވި އެވެ.

އަޅުގަނޑު ހިތަށް އަރަނީ ވިސްނާލަން ރަނގަޅު ކަމެކޭ… އެހެން ބައެއް އިދާރާތަކަށް ވެސް ސަރުކާރުން ކުއްޔަށް ހިފާފައި ތަންތަން ހުރޭ.. އެހެންވީމަ ކްރިމިނަލް ކޯޓަށް ކީއްވެގެން ހޭ ކުއްޔަށް ތަނެއް ހިފާ ނުދެވެން ވީ…

ޝަމީމް ވިދާޅުވީ ޝަރީއަތެއް ކުރިޔަށް ނުދިއުމަކީ، ޕީޖީ އޮފީހަށް ވެސް ދިމާވާ އެންމެ ބޮޑު ދަތިކަން ކަމަށެވެ.

މި މައްސަލައިގައި ޑީޖޭއޭއިން ބުނީ ރިޕޯޓުގެ ތަފްސީލުތައް ހިމަނައި ކޯޓު ހިންގުމަށް އާ އިމާރާތެއް ހޯދަން ފިނޭންސަށް 2021، ޖުލައި 11 ގައި ހުށަހެޅި ކަމަށެވެ. އަދި އެ ހުށަހެޅުމާއި އެއްގޮތަށް އިމާރާތެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ އޭގެ ޖެހިގެން އައި މަހު ލިބުނުކަމަށް ބުންޏެވެ. އޭގެ ފަހުން ޕްލޭނިން މިނިސްޓްރީން ވެސް އެ އެޑްމިނިސްޓްރީއަށް ފޮނުވި ޖަވާބުގައި އިމާރާތް ބަދަލު ކުރެވޭނެ ވަރުގެ ޖާގައެއް ނެތްކަމަށް ބުނެފައިވާކަމަށް ޑީޖޭއޭއިން މައުލޫމާތު ދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: