ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން މަޝްރޫއުތަށް ހިންގަނީ އިގްތިސާދީ ނަފާ ނުލިބޭ ގޮތަށް: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން މަޝްރޫތަށް ހިންގަނީ މާބޮޑު ފަރުވާލެއް ނެތިކަމަށާއި އަދި އިގްތިސާދީ ނަފާ ނުލިބޭ ގޮތަށް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމުގެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީއިން ވަނީ ދީފައެވެ. އެހެންނަމަވެސް އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެފައިވަނީ ސަޕްލިމެންޓްރީ ބަޖެޓު އަދި، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބެޖެޓަށް މަސައްކަތް ކުރުމަށް ލިބުނީ ހަނި ޖާގައެއްކަމަށެވެ.

2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓާއި އައު ސަރުކާރުން މަޖިލީހަށް ހުށަހަޅާ ފުރަތަމަ ބަޖެޓު އެކުލަވާލުމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ 8 މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލައިފައެވެ. އަދި އެ ކޮމިޓީގައި ކުރީގެ ފިނޭންސް މިނިސްޓަރުންނާއި، އިކޮނޮމިކް މިނިސްޓަރުންނާއި، ޕެންޝަން އޮފީހުގެ ކުރީގެ ބޯޑު މެންބަރު އަދި މާވަށު ދާއިރާގެ މެންބަރާއި އިތުރުން ގާބިލް ފަރާތްތަށް ހިމެނެއެވެ.

ސަންގު ޓީވީގެ 23 ރައީސް: ޑރ. މުހައްމަދު މުއިއްޒު ޕްރޮގްރާމްގައި ސައީދު ވިދާޅުވީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ޓީމުން ކަންކަން ބަލައި ހޯދި ހޯދުން ތަކުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ 50 ބިލިއަނަށް ވުރެ މަތީ ބަޖެޓެއް ހުށައެޅުމަށް ނިންމަވާފަކަމަށެވެ. އަދި އަންނަ އަަރުގެ ބަޖެޓު 50 ބިލިއަނަށް ވުރެ މަތި ވެއްޖެ ނަމަ އެއީ ”އަން ސަސްޓައިނަބަލް“ ބަޖެޓެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އަދި އެކަން އެހެން ކޮށްފި ނަމަ އެ ބަޖެޓު ވެގެންދާނީ ދެކޮޅު ނުޖެހޭ ބަޖެޓަކަށް ކަމަށް ސައީދު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ލަފާފުޅަކީ ދެކޮޅު ނުޖެހޭ ބަޖެޓަކާއި އެކު ކުރިއަށް ނުދިއުން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ފަންނީ ލަފާގެ މަތިން ބަޖެޓު 49 ބިލިއަނަށްވުރެ ކުޑަ ކުރުމަށް މުއިއްޒު ލަފާ ދެއްވާފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އިންތިގާލީ މަރުހަލާގެ ކަންކަން މިހާރު ނިމުމަކަށް އައިސްފައިވާއިރު އެއްވެސް ރަށެއްގައި މުހިންމުކަމެއް ދޭންޖެހޭ އެއްވެސް މަޝްރޫއެއް އުނި ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ ހުރިހާ މަޝްރޫއެއް މިއަހަރުގެ ބަޖެޓަށް ލައިގެން ނުކުރެވޭނެ ކަމަށެވެ. ސައީދު ވިދާޅުވީ ބަޖެޓު ހަމަޖެއްސުމުގައި ކޮންމެ ރަށަކުންވެސް އެންމެ މުހިންމު 3 ނުވަތަ 4 މަޝްރޫއެއް ސައިޒަށް ބެލުމަށްފަހު ނިންމާ އެކަންކަން މިއަހަރުގެ ބަޖެޓުގެ ތެރެއަށް ލާން ނިންމާފައި ވާކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ވާހަކަ ދައްކަމުން ސައީދު ވިދާޅުވީ މި ސަރުކާރުގެ ބަޖެޓު ސަޕްލިމެންޓްރީ ބަޖެޓާއިއެކު 50 ބިލިއަނަށްވުރެ މަތި ވާކަމަށެވެ. އޭނާ ވިދާޅުވީ މިސަރުކާރުން 43 ބިލިއަނަށްވުރެ ކުޑަ ބަޖެޓެއް ފާސްކުރި ނަމަވެސް 7 ބިލިއަނާއި ގާތަށް ހަރަދުތަށް ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ބަޖެޓު ބޮޑު ވެގެންދިޔަ ސަބަބަކީ އެއީ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން ސައީދު ވިދާޅުވީ ސަރުކާރުގެ ދަރަނީގެ ވާހަކައަކީ އަބަދުވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. ރާއްޖޭގެ ދަރަނީގެ އަދަދު 122 ބިލިއަނަށް އަރާފައިވާކަމަށް ސައީދު ވިދާޅުވިއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި ވަރަށް ބޮޑު ކަމަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެހުރިހާ ދަރައްޏާއެކު ރައްޖޭގެ ދަރަނި 125 އާއި ގާތްކުރާ އަދަދަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަހަރުގެ އާމްދަނީއަށް ބަޖެޓުން ކުރަންހުރި ހަރަދުތަކަށް ބަލާއިރު ދައުލަތުގެ އާމްދަނީގެ ބޭރުން ބޮޑު އެއްޗެށް ހޯދައިގެން ނޫނީ ދެކޮޅު ނުޖެހޭނެކަމަށް ސައީދު ވިދާޅުވިއެވެ.

މީގެއުތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓަށް މުއިއްޒު ބޭނުންފުޅުވާ ބަދަލުތައް ހުށަހެޅުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އަދި މިހާރު ފިނޭންސް މިނިސްޓްރީން ވެސް ވަނީ ޓްރާންސިޝަން ކޮމިޓީން އެދުނު ގޮތަށް 200 މިލިއަން ރުފިޔާ އިތުރުކޮށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: