ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 އަހަރުގައި އެމްޑީޕީ ހުތުރު މާޒީއަކަށް، ބޮޑާކަމާއި ޖަޒުބާތީ ގޮތްތައް ދޫކޮށްލަން ޖެހޭ!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. ފޮޓޯ: މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ނުރަނގަޅު ސިޔާސަތުތަކަށް އާނ ބަސް ބުނެ، ސަނާ ކިއުމުގައި އަވަދިނެތި އުޅުމަކީ، އެމްޑީޕީން ބުނާގޮތުގައި ހުތުރުކަމެކެވެ. ކިތަންމެ ވަރަކަށް ދޮވެ ސާފު ކުރުމަށް މަސައްކަތް ކުރިޔަސް، ގޯސް ސަރުކާރެއް ހުދު ނުވާނެކަމަށް އެމްޑީޕީން ގަބޫލު ކުރި އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން އައިސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދުވަސްވަރު ވެސް އެމްޑީޕީ އެންމެ ފަކުރު ގަތް އެއް ސިފައަކީ އެއްވެސް ހައްދެއް ނެތް މިންވަރަށް ވެރިންގެ އުނގުގެ ތެރޭގައި އޮށޯވެތިބުމެވެ.

ހަގީގަތުގައި އެއީ ރަނގަޅު ވާހަކައެކެވެ. ވެރިއަކަށް ހުންނަ މީހާ އަނިޔާވެރިވުމުން ނުވަތަ ބޭއިންސާފުވުމުން ނުވަތަ ރައްޔިތުންނަށް ދުއްތުރާ ވާގޮތަށް ނިންމުމެއް ނިންމުމުން އެކަމުގެ ދިފާއުގައި ހަރުއަޑުން އެއްކަލަ ”ސަރުކާރު“ މެމްބަރު އަދި ނިކުންނާކަށް ނުޖެހެ އެވެ.

އޭރު އެމްޑީޕީން ގަބޫލު ކުރި އެއްވެސް ސިޔާސަތެއް، ސިފައެއް ކުލައެއް އެ ޕާޓީގައި މިއަދު ނެތެވެ. އެބުނާ ތިލަފަތެއްގެ ބޭނުމެއް ވެސް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެއިރުދެދަޅައަށް މަޖިލީހުގެ މެމްބަރުން ސަރުކާރު ދިފާއު ކުރާތީ އެއްއިރެއްގައި އެކަމާ ބޮލުގަ ރިއްސާތީ އުޅުނު މެމްބަރުން މަހު މުސާރައަށް ސަރުކާރުގެ ވަކީލުކަން ކުރާ ހިސާބަށް ކަންކަން ގޮސްފައި އޮންނާނީ ލައްކަ ވަރުވީމަ އެވެ. ނިންމާ ކޮންމެ ޖުމްލައެއްގެ ފަހަރަތަށް، ”ޝުކުރިއްޔާ ރައީސް ޔާމީން“ އަދި ނިދީގައި ވެސް ”ޝުކުރިއްޔާ ރައީސް ޔާމީން“ ބުނެވޭތީ ތި ނޫންކަމެއް ކުރާން ނޭނގޭހޭ ބުނެ ވާހަކަ ދެއްކި މެމްބަރުންނަކީ މިއަދު އަމިއްލަ މީހާ ފޯނުގައި ވެސް ”ޝުކުރިއްޔާ އިބޫ“ ޖަހައިގެން އުޅޭ މެމްބަރުންނެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ތަޅުން މިހާރު ފެންނަނީ ކޯޓެއްގެ ސިފައިގަ އެވެ. ރައްޔިތުން ތިބީ، އަނގާ އަތާ ދިމާނުވެފައިކަމަށާއި އިންތިހާއަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ތަޅުމުގައި ކޮންމެވެސް އެއް މެމްބަރަކު ބުނުމާއި އެކު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި، މީދޫ ދާއިރާގެ ރޮޒެއިނާ އާދަމް އެއްފަހަރާ ނިޒާމީ ނުކުތާއަކަށް އެދެނީ ވާދައަށް ހެން ވެސް ހީވެ އެވެ. އޭގެ ފަހަތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވެސް ރޭހަށް ނިކުމެ އެވެ. ފަހު ތަޅާލުންގަނޑަށް ނިކުންނާނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ފަދަ ބޭފުޅުންނެވެ. ނޫނީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމެވެ. އެހެން ނޫނީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދެވެ.

އެއީ ގޯސްތައް ގަބޫލުކޮށް، އިސްލާހުގެ މަސައްކަތަކަށް ނިކުންނާން ބޭނުން ނުވާތީ އެވެ. ރިޔާސީ އިންތިހާބެއްގައި ރައްޔިތުންގެ ބޮޑު “ނޯ” ގަބޫލު ނުކުރާތީ އެވެ. އެބޭފުޅުން ގަބޫލު ކުރަނީ ސަރުކާރުން ރައްޔިތުންނަށްޓަކައި ބޮޑު ގުރުބާނީއެއް ވީތީ ނުވަތަ އަނިޔާވެރި ވެރިކަމަކުން ސަލާމަތް ކުރިތީ ދެވަނަ ބުރަކަށް ވޯޓު ދިނުން ވެސް ލާޒިމެވެ.

ހުތުރު މާޒީއަކަށް އެމްޑީޕީން މިއަދު އެ ވަންނަނީ، ފުރިގެންވާ ޖަޒުބާތެއްގެ ތެރެއަށެވެ. ރައީސް މުހައްމަދު ނަޝީދަށް ކުރާ ނަފްރަތުން އަރައިނުގަނެވި އެ ނޫން ނަމެއް ސިކުނޑި ތެރޭ ދައުރު ނުވާ ދަރަޖައަށް ހާލަތު އެއޮތީ ގޮސްފަ އެވެ. ސަރުކާރުގެ ދައުރު ހަމަވާން ވިހި ވަރަކަށް ދުވަސް އޮއްވައި، އަދި ކުރިޔަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ވެސް މަސައްކަތް އޮއްވައި އެއަށް ވެސް ބެލުމެއް ނެތި އެމްޑީޕީގެ އަމާޒު ހުރީ ރައީސް ނަޝީދު މަގާމުން ދުރު ކުރުމަށެވެ.

އެއް ގޮތް ނެތިއްޔާ، އަނެއް ގޮތުން ވެސް މަޖުބޫރު ކުރުވަން މިހާރު ބުނާ ވާހަކައަކީ އިންތިހާބީ ރައީސްގެ ވަޒީރުންގެ މަޖިލީހަށް ވެސް އެ ނޫން ހާލަތެއްގައި ރުހުން ދޭން ތައްޔާރު ނޫން ކަމަށެވެ. މަޖިލިސްގެ ތެރޭގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެކަމަށް ވަރަށް ސާފު ދިވެހި ބަހުން ބުންޏެވެ. މިއީ ތަސައްރަފު ފުދޭ ޕާޓީއެއްކަމަށް ދައުވާ ކުރާ، ދުވަސްވީ ޒަމާން ވީ ޕާޓީއެއްގެ ބަސްމަގު ހުންނަން ޖެހޭ ގޮތެއް ނޫނެވެ.

އެބޭފުޅުން މިއަދު ކުރަންވީ ކަމަކީ، ޒުވާން އުމުރުފުރައިގެ ކުދިންތަކެއް ރުޅިވުމަށް ފަހު ދެން އެ ގެންގުޅޭ ގާ އުކާ އުސޫލުން ދޫކޮށްލުމެވެ. ހަމަޖެހިލައިގެން ކުރިޔަށް ދިއުމެވެ. އެހެން ނޫނީ ދެ ބޭފުޅުންނަށް ވެސް އޮތީ އަޑިގުޑަނެވެ.

 

ވަރަށް ގަދަ
71%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 21%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: