ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލްސާ ކުރިޔަށް ނުގެންދެވުނު، ނަޝީދު ވަކިކުރުން އަނެއްކާވެސް މާދަމާގެ އެޖެންޑާއަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ދުރު ކުރުމަށް ވޯޓު ނެގުން މިއަދު ވެސް ކުރިޔަށް ނުގެންދެވި މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މަޖިލިސް ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުވުމުން މިއަދުގެ ޖަލްސާ ކުރިޔށަށް ނުގެންދެވޭނެކަން ޖަލްސާ ފެށުމުގެ ކުރިން މީޑިއާތަކުން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ، އީވާ އާލަސްކަންފުޅާ އުޅުއްވާތީ އެކަން ބަޔާން ކުރައްވައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ސަލާން ފޮނުއްވާފައިވާކަމަށެވެ. އަދި ސިޓީ ލިބުނީ ހެނދުނުގެ 6:17 ގައިކަމަށް ނިއުޝާ ވިދާޅުވިއެވެ.

ޖަލްސާގައި ނިއުޝާ ވިދާޅުވީ، މަޖިލީހުގެ ރައީސް ނަޝީދު ވަކި ކުރުމުގެ ގަރާރަކީ މަޖިލީހުގެ ގަވާއިދުގައިވާގޮތަށް، މުއްދަތު ދިނުމަށް ފަހު އެންމެ އަވަހަށް ރަސްމީ ބަންދު ނޫން ޖަލްސާއަށް ހުށަހަޅަން ޖެހޭ ގަރާރެއްކަމަށް ވާތީ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް މި ގަރާރު އަލުން އެޖެންޑާކޮށް ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބް ރައީސަށް ދަންނަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: