ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު އެދެނީ ވީހާވެސް ގިނަ އަންހެނުން މަޖިލީހަށް ވާދަކުރަން، ޕީޕީއެމް/ޕީއެންސީ މެމްބަރުންނަށް ހާއްސަ އެލަވަންސެއް!

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ޕްރޮގްރެސިވް ކޯލިޝަނުން މަދުވެގެން 20 އިންސައްތަ އަންހެނުން އިންތިހާބުކުރުމަށާއި، އެގޮތަށް ހޮވޭ މެމްބަރުންނަސް ޕާޓީން ހާއްސަ އެލަވަންސެއް ދިނުމަށް މަސައްކަތް ކުރައްވާނެކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގޮނޑިތަކަށް ގާބިލު، އަދި އިލްމީ އަންހެނުން ކުރިމަތިލީ ނަމަވެސް އެ މީހުން އިންތިހާބު ނުވާކަމުގެ ޝަކުވާ ބޮޑެވެ. އަދި އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރުމަށް އެކި މީހުން އަބަދުވެސް ގޮވާލަ އެވެ.

ކައުންސިލްތަކުގެ ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮތަށް، މަޖިލިސް ގޮނޑިތައް ވެސް ހާއްސަ ކުރުމަށް ބައެއް ފަރާތްތަކުން ލަފާ ދެ އެވެ. މި ދައުރުގައި ވެސް މަޖިލީހުގައި ތިއްބަވަނީ އަންހެން އެންމެ 04 މެމްބަރުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ގިނަ އަންހެނުން ކުރިމަތިލުމަށާއި، އެކަމަށް ހިތްވަރުދެއްވާނެކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ

މުއިއްޒު މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވީހާވެސް ގިނަ އަންހެނުން ހޮވުމަށް އެދޭ ކަމަށެވެ. އަދި ޕީޕިއެމް/ޕީއެންސީން މަދުވެގެން 20 އިންސައްތަ ގޮނޑިއަށް ކުރިމަތިލައި އިންތިހާބުވުމަށް އެދޭކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެކަމަށް ހިތްވަރު ދެއްވުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެމްބަރަކަށް މަޖިލީހުގެ މުސާރައާއި އިނާޔާތާއި އެކު ޕާޓީން އިތުރު އެލަވަންސެއް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: