ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ކަންކަމުގައި ލަފާ ހޯދަން ކޯޓަށް ދިއުމަކީ އޮންނަކަމެއް ނޫން: އަފީފް

މަޖިލިސްގެ ރިޔާސަތުގައި ހުސްވި ހަފްތާގައި އިންނެވީ މެމްބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އީވާ އާލާސްކަންފުޅާ އުޅުއްވާކަން ސާފުކަމަށާއި، މަޖިލީހުގެ ކަންކަމުގައި ގާނޫނީ ލަފާ ހޯއްދަވަން ކޯޓަށް ދިއުމަކީ އޮންނަކަމެއް ނޫންކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

49 މެންބަރުންގެ ސޮޔާއިއެކު ހުށައެޅުއްވި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރިއެވެ. ނަމަވެސް އީވާ ޑެންގީއަށް ޕޮޒިޓިވްވެފައިވާތީ އެކަމަނާ ހުންނެވީ ސަލާމުގައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ މެންބަރުން ތަފާތު އެކި ފާޑު ކިޔުންތައް އަމާޒުކޮށް، އީވާ “ފިއްލެވީ” ކަމަށްވެސް ވިދާޅުވިއެވެ. މި ވާހަކަތަކަށް ރައްދުދެއްވާ ހަސަން އަފީފް ވިދާޅުވީ އީވާ ބަލިވެ އުޅުއްވާއިރު އެކަމަނާ ރިޔާސަތަށް އެރުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެކަމަށެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގައި މަޖިލީހުގެ ރައީސްއަށް ރިޔާސަތު ނުބެލެހެއްޓޭނެކަމަށްވެސް އަފީފް ވިދާޅުވިއެވެ. ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސްކަމަށް ފާހަގަކުރައްވާ އެހެން ފަރާތަކަށް ރިޔާސަތު ނުބެލެހެއްޓޭނެކަން އަފީފް ފާހަގަ ކުރެއްވިއެވެ.

މަޖިޅީހުގެ ނައިިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ވަޑައިނުގަންނަވާ. ދެން ބަލިވެ އުޅޭ މީހަކު ކޮންމެހެން މަޖުބޫރުން އެތަނަށް އެރުވުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ނޯންނާނެ.

އީވާ ހަގީގަތުގައިވެސް އުޅުއްވަނީ ބަލިވެކަން މަޖިލީހުގެ މައިނޯރިޓީ އަދި މެޖޯރިޓީ ލީޑަރަށްވެސް އަންގަވާފައިވާކަމަށް އަފީފް ވިދާޅުވިއެވެ.

އެހެންކަމުން މިއަދުގެ ޖަލްސާ ނުބޭއްވުނީ ކީއްވެގެންކަން ކަމާއިމެދު އެއްވެސް އޮޅުމެއް ނެތްކަމަށް އަފީފް ގަބޫލު ކުރައްވައެވެ. މަޖިލީހުގެ މެޖޯރިޓީ އޮތޭ ކިޔާފައި މަޖިލީހުގެ ޖަލްސާ ބާއްވާން އުޅުމަކީ ގަވައިދާއި ގާނޫނު ތަންދޭ ކަމެއް ނޫންކަމަށް އަފީފް ވިދާޅުވިއެވެ.

މީގެ އިތުރުން އަފީފް ވިދާޅުވީ މަޖިލީހުގެ އިދާރީ ކަންކަމުގައި ކޯޓަށް ދިއުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ. މި މައްސަލައިގައި އެމްޑީޕީއިން ކޯޓަށް ދިއުމަށް ނިންމާފައިވާތީ އަފީފް ވަނީ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިފަދަ މައްސަލަތަކުގައި ގާނޫނީ ލަފާދެއްވާނީ ކައުންސިލް ޖެނެރަލްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: