ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ވެރިކަން ގެއްލުނީ ރައީސް ނަޝީދަށް ދިން އަނިޔާގެ ސަބަބުން: އަފީފް

ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނު އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަނިޔާކުރުން ހިމެނޭކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އަފީފް މިހެން ވިދާޅުވީ ޑިމޮކްރެޓްސްއިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އަދީފް ވިދާޅުވީ ރައީސް ސާލިހުގެ ވެރިކަން ނިމުނުއިރު، މަޖިލީހުގައި ތިބި އެމްޑީޕީގެ ގިނަ މެންބަރުން ތިބީ ގޮނޑި ގެއްލޭ ހިސާބަށް ގޮސްފައިކަމަށެވެ. މިކަންވީ ގޮތް ދެނެގަތުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރައްވާ އަފީފް ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައި މަގްސަދުތަކުގެ ތެރޭގައި ރައްޔިތުންގެ އުއްމީދުތައް ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުން ހިމެނޭކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި އެކަން ދިވެހި ރައްޔިތުން ގަބޫލުކުރިކަމަށާއި، ރައީސް ސާލިހަށް ވެރިކަމަށް އާދެވުނު ސަބަބަކީ އެއީކަމަށް އަފީފް ވިދާޅުވިއެވެ. ރައީސް ސާލިހު ވެރިކަމަށް ގެނައުމަށް ރައްޔިތުން ވޯޓުދިނީ ރައީސް ނަޝީދު ވިދާޅުވުމުންކަމަށާއި، ރައީސް ސާލިހަށް ލިބުނު ކޮންމެ ވޯޓަކީ ރައީސް ނަޝީދަށް ލިބުނު ވޯޓެއްކަމަށް އަފީފް ވިދާޅުވިއެވެ. ރައީސް ސާލިހަކީ މާމޮޅު މަގުބޫލު މީހަކަށްވެގެން ލިބުން ވޯޓެއް ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ.

އެއުންމީދުގަ 2018 ވަނަ އަހަރު އިބްރާހިމް މުހައްމަދު ސާލިހުއަށް ދިވެހި ރައްޔިތުން ވޯޓު ދިނީ. އެއީ އެއްވެސް ހާލެއްގައި އިބްރާހިމް މުހައްމަދު ސާލިހަކީ މަޝްހޫރު މީހަކަށް ވެގެން، ރައްޔިތުންގެ ތެރޭގައި މަގުބޫލު ވެގެން ދިން ވޯޓެއް ނޫން.

އަފީފް ވިދާޅުވީ ރައްޔިތުން އޭނާ ގާތުގައި މި ވާހަކަތައް މިގޮތަށް ހިއްސާކޮށްފައި އެބަހުރިކަމަށެވެ. މިހެން ކަން އޮތްއިރު، ރައީސް ސާލިހު ރައީސް ނަޝީދަށް އަނިޔާ ދިނުން އެއީ އެމަނިކުފާނަށް ވެރިކަން ގެއްލުމަށް ދިމާވި އެންމެ ބޮޑު ސަބަބުކަމަށް އަފީފް ވިދާޅުވިއެވެ. ރައްޔިތުންގެ އުއްމީދު ގުޅިފައިވަނީ ރައީސް ނަޝީދާއިކަމަށް ފާހަގަކޮށް އަފީފް ވިދާޅުވީ ގަބޫލު ނުކުރެއްވި ނަމަވެސް ހަގީގަތަކީ އެއީކަމަށެވެ.

ރައީސް ސާލިހާއި ހިލާފަށް ރައީސް ނަޝީދަކީ ރައްޔިތުންނަށް އަނިޔާވެރިވާނެ ބޭފުޅެއް ނޫންކަމަށް އަފީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރެއްވި ކެމްޕެއިންގައި އައްޑޫ ހިތަދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް ސާލިހު ވަނީ ރަށްރަށާއި، އަދި ސިޓީތަކުގެ މެޖޯރިޓީ ގެއްލުނީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހުގައިކަމަށް ރައީސް ސާލިހު ވިދާޅުވެފައެވެ. އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުމަށްފަހު މަދު ބަޔަކު ނަމަވެސް އެމްޑީޕީއާއި ދުރަށް ޖެހިފައިވާކަމަށާއި، ހިސާބު ބެލުމުން، ދަ ޑިމޮކްރެޓްސްއާއި އެމްޑީޕީގެ ނަތީޖާ އެއްކުރުމުން ޕީޕީއެމްއަށް، އެމްޑީޕީގެ މައްޗަށް ކުރި ނުހޯދޭކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެން ނާކާމިޔާބީއާއިއެކު އެމަނިކުފާނު ވަނީ އެމްޑީޕީއާއި ދެކޮޅުވެފައެވެ. އަދި ރިޔާސީ އިންތިހާބާއި ހަމައަށް އައިރު އެމަނިކުފާނުގެ އަމިއްލަ ޕާޓީއެއް “ދަ ޑިމޮކްރެޓްސްގެ” ނަމުގައި އުފައްދަވާ، އެ ޕާޓީގެ ފަރާތުން ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ނެރުއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: