ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރެކްޝަނުން ބުނީ ރައީސް ޔާމީނަށް ލުއި ދިނީ ޑޮކްޓަރަށް ދެއްކުމަށްކަމަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލުއިދީފައި ވަނީ ޑޮކްޓަރަށް ދެއްކުމަށްކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

މިވަގުތު ގޭބަންދެއްގައި ހުންނެވި ރައީސް ޔާމީން ރަށު ބަންދަށް ބަދަލު ކުރިކަމަށް ރޭ މީޑިއާތަކުން ކަވަރު ކުރި އެވެ. އަދި އެ ހަބަރާއި ގުޅިގެން ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ވަނީ ރައީސް ޔާމީނަށް އެއްވެސް ގޮތަކަށް އަނިޔާތައް ނުދިނުމަށް ގޮވާލާފަ އެވެ.

ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކުރިކަން ބައެއް މަސްދަރުތަކުން ޔަގީން ކުރެވުނު ނަމަވެސް އެ ވާހަކަތައް ކަރެކްޝަނުން ދޮގު ކުރެ އެވެ. ކަރެކްޝަނުން ބުނެފައި ވަނީ ރައީސް ޔާމީނަށް ލުއި ދީފައިވަނީ ހަމައެކަނި ޑޮކްޓަރަށް ދައްކަން ދިއުމަށް ކަމަށެވެ.

މި ލުއިތަކާއި އެކު އެއްވެސް ގޮތަކަށް އާންމުންނާއި ބައްދަލު ކުރެވޭނެތޯ ކުރި ސުވާލަށް ކަރެކްޝަނުގެ އެއްވެސް ޖަވާބެއް ނެތެވެ. ހަމައެކަނި ބުނެފައި ވަނީ ބޭސްފަރުވާގެ ކަންކަމަށް ލުއިދީފައިވާ ކަމަށެވެ.

ރަށު ބަންދުގެ ހަބަރުތަކާއި އެކު ބައެއް ގާނޫނީ ބޭފުޅުން ވަނީ، އިސްތިއުނާފު މަރުހަލާގައި ނުހިމެނޭ ގައިދީއަކު ރަށު ބަންދަށް ބަދަލު ކުރުމަކީ ގާނޫނު ދަންނަކަމެއް ނޫންކަން ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: