ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނަރަ އަހަރަށްފަހު މުއިއްޒުގެ ވައުދު ކޮންސްޓްރަކްޝަން މިނިސްޓްރީއެއް އުފެއްދުމަށް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް ޖަނާހު އާއި އެކު/ ފޮޓޯ: ހައިރައިޒް
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާރާތް ކުރުމުގެ ދާއިރާގެ ކަންކަން ބަލަހައްޓައި، ކުރިއެރުން ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއްވާ ދާއިރާއަކީ ވެސް ކޮންސްޓްރަކްޝަނެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިސްނަގައިގެން ދާއިރާގައި އެކި ގޮތްގޮތުން ޝާމިލުވާ މީހުންނާއި އެކު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އިމާރާތް ކުރުމުގެ ދާއިރާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމަށެވެ. އަދި އިގްތިސާދީ ބޮޑެތި ކުރިއެރުންތައް ގެނެސްދޭ މިދާއިރާ ފުޅާ ކުރުމަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރިކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

ހަތް އަހަރު ހައުސިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މުއިއްޒު ވިދާޅުވީ، އެހެން ދާއިރާތަކަށް ހާއްސަކޮށް މިނިސްޓްރީއަށް އޮތުމާއި އަދި ކޮންސްޓްރަކްޝަނުގެ މަސައްކަތާއި ގުޅުން ހުރި މިނިސްޓްރީއެއް އޮތް ނަމަވެސް އޭގެ ޒާތުގައި ފުޅާ މި ދާއިރާ އެއްކޮށް ކޭޓާރ ނުކުރެވޭ ކަމަށެވެ.

އެހެންވެ މުޅި ދާއިރާގެ އެތެރޭގައި ހުރި މައްސަލަތައް ދެނެގަތުމަށާއި، ހައްލު ކުރުމަށް އޮތް މަގަކީ މުއިއްޒު ވިދާޅުވި ގޮތުގައި ކޮންސްޓްރަކްޝަން ނުވަތަ އިމާރާތް ކުރުމުގެ ދާއިރާއަށް ހާއްސަކޮށް މިނިސްޓްރީއެއް އުފެއްދުމެވެ. ޕްލޭނިން މިނިސްޓްރީގެ ދަށުން މިހާރު ހިންގަމުން އަންނަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ނަމުގައި ޝާމިލުވާގޮތަށް ވުޒާރާއެއް ގާއިމު ކުރާނަން..

އެ ނިންމެވުމުގެ ބޭނުމެއްކަމަށް މުއިއްޒު ވިދާޅުވީ، ދާއިރާއަށް ދޭ ސަމާލުކަން އިތުރު ކުރުމެވެ.

މުއިއްޒުގެ ވާހަކަފުޅަށް ފަހު ދާއިރާގެ ބޭފުޅުން ވަނީ އެއީ ވަރަށް ރަނގަޅު ނިންމެވުމެއްކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. މެމްބަރުން ދެއްކެވި ވާހަކައިގައި ވިދާޅުވީ މީގެ ކުރިން ވެސް ބޭއްވި ގާތް ގުޅުމުގެ މިސާލު ދައްކަވައި، ކުރިޔަށް ވުރެ ގުޅިގެން އެކުގައި މަސައްކަތް ކުރާނެކަމުގެ އުންމީދު ކުރާ ކަމަށެވެ. އަދި ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވާނެކަމުގެ އިތުބާރު އިންތިހާބީ ރައީސަށް އެބައޮތްކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮންސްޓްރަކްޝަނަށް ހާއްސަ މިނިސްޓްރީއެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮތެވެ. އެހެންނަމަވެސް އޭގެ ފަހުން މިވީ 15 އަހަރުގެ ތެރޭގައި އެކަމަށް ހާއްސަ އެއްވެސް މިނިސްޓްރީއެއް ނެތެވެ. އޭރު އެ މިނިސްޓްރީގެ ނަމަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ އެވެ. އަދި މިނިސްޓަރަކަށް ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު މައުރޫފް ޖަމީލެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: