ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުކޮޅުފުށި ދިއްގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުއާމަލާތް އޭސީސީން ހުއްޓުވައިފި

ފަރުކޮޅު ފުށި
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފަރުކޮޅުފުށި ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި ގުޅޭ މުއާމަލާތް މިވަގުތަށް މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެ އެވެ.

އިންތިހަބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ވަނީ އެ ތަން ދޫކުރުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް ގޮވާލާފަ އެވެ. “ސަންގު” އަށް މައުލޫމާތު ދެމުން އޭސީސީގެ އޮފިޝަލް ވިދާޅުވީ އާބަންކޯއަށް އެގޮތަށް އެންގީ އިންތިގާލީ މަރުހަލާގެ ތެރޭގައި ތަން ދޫކުރުމުގެ އެއްބަސްވުމެއް ގާއިމު ކުރަން އުޅޭތީ ލިބިފައިވާ ޝަކުވާއަކާއި ގުޅިގެން ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލައި ނިމެން ދެން މުއާމަލާތް މަޑުޖައްސާލުމަށް އެންގީކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި ދާދިފަހުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވަނީ ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ އެކި މުއާމަލާތްތަކާއި ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯގެ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަކަށް އެޖެންޑާކޮށްފައިވާކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އެއީ ކަންބޮޑުވުމެއްކަން ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ ހުޅުމާލެ ބިންތަކަކީ ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ ބޮޑު އެސެޓު ކަމަށެވެ.

އެހެންކަމުން އިންތިގާލީ މަރުހަލާގައި ކުއްލި ގޮތަކަށް އަވަސް އަރުވާލައިގެން އެ ބިންތަކާއި ގުޅޭ އެއްވެސް މުއާމަލާތެއް ހިންގުމާއި މެދު ކަންބޮޑުވާކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

އެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަނީ ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަކަށް އެޖެންޑާކޮށްފައިވާ ކަމުގެ މައުލޫމާތު އިންތިގާލީ އޮފީހަށް ލިބިފައިވާ ކަމަށާއި އެކަމާ މެދު އެ އޮފީހުން ނުހަނު ކަންބޮޑުވާ ކަމަށެވެ.

މީގެއިތުރުން އެ އޮފީހުން ވަނީ ބޭރުގެ ފަރާތްތަކަށް ބިން ދޫކުރުމުގެ މަސައްކަތުގެ މަޝްވަރާތަކެއް ވެސް އެޖެންޑާ ކުރުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: