ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާގެ ޖަލްސާއަށް ނަޝީދު ވަކިކުރުން ހިމަނާފައި ނެތުމުން އެމްޑީޕީ ޕީޖީގެ ސިޓީއެއް ނިއުޝާއަށް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަދި އަމީން އާންމު ފާތިމަތު ނިޔުޝާ (ފޮޓޯ/ މަޖިލިސް)
ޝެއާރކޮށްލާ ކަހަލަދޯ؟

މާދަމާގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން ދުރު ކުރުމުގެ މައްސަލަ ހިމަނާފައި ނުވާތީ، އެޖެންޑާ އިސްލާހުކޮށްދޭން އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ދުރު ކުރުމަށް މައްސަލަ އެންމެ ފުރަތަމަ ހުށަހަޅައިގެން ވެސް ކުރިޔަށް ގެންދެވޭ ގޮތެއް ނުވި އެވެ. ރައީސް ނަޝީދު ވެސް ވަނީ މައްސަލަ ދެން މި ދައުރުގައި ކުރިޔަށް ގެންދެވިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ވިދާޅުވެފަ އެވެ. މި މައްސަލައިގައި ނުރުހުންވެ އެމްޑީޕީން ސުޕްރީމް ކޯޓަށް ވެސް ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ.

މި ހަފްތާގެ ދެ ދުވަހު ވެސް ޖަލްސާ ކުރިޔަށް ނުގެންދެވުނެވެ. އަދި މާދަމާގެ ޖަލްސާގެ އެޖެންޑާ މަޖިލިސް ވެބްސައިޓުގައި އާންމުކޮށްފައިވާއިރު ތާވަލުގައި ވަނީ ބަޖެޓުގެ މަސައްކަތެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް އެޑްރެސްކޮށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ފޮނުވި ސިޓީގައި ބުނީ އާދީއްތަ ދުވަހު އެޖެންޑާ ކުރި ޖަލްސާއަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ބޭއްވި ޖަލްސާއެއް ކަމަށެވެ. އެކަމަކު އެ ދުވަހުގެ ޖަލްސާ ކުރިޔަށް ކުރިޔަށް ގެންދެވެން ނެތްކަމަށް ސެކޭޓްރީ ޖެނެރަލް އިއުލާނު ކުރިކަމަށާއި، ޖެހިގެން އައި ދުވަހު ބޭއްވި ޖަލްސާ ވެސް ގަބޫލު ކުރެވޭ ސަބަބެއް ނެތި ކެންސަލް ކުރީކަމަށް އެ ސިޓީގައި ވެއެވެ.

ސިޓީގައި ބުނެފައި ވަނީ އާދީއްތަ ދުވަހު ބޭއްވީ، މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ނ) ހައި ބުނާ މުއްދަތު ދިނުމަށް ފަހު އެންމެ ފުރަތަމަ އަންނަ ރަސްމީ ބަންދު ދުވަހަކަށް ތާވަލު ކުރަން ޖެހޭ ގަރާރު ކަމަސެވެ. އަދި އެ ދުވަހުގެ ޖަލްސާ ކުރިޔަށް ގެންދެވެން ނެތުމުން، އަނެއްކާވެސް ހޯމަ ދުވަހަށް ވޯޓު ނެގުން އެޖެންޑާ ކުރުމަށް ފަހު ޖަލްސާ ކުރިޔަށް ނުގެންދިޔަ ސަބަބު ސާފުވާން ޖެހޭކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން މައްސަލައިގައި ނުރުހުންފާޅު ކުރީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް، އަލުން މަޖިލީހުގެ އެހެން މަސައްކަތްތައް އެޖެންޑާ ކުރުމުންނެވެ. އެގޮތުން އަންގާރަ ދުވަހުގެ އެޖެންޑާގައި އެ މައްސަލަ ހިމެނިފައި ނުވަނީ ކޮން ސަބަބަކާއި ހުރެކަން ސާފުކޮށްދޭން އެދޭކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ސިޓީގައި އެމްޑީޕީން އެދިފައި ވަނީ އަލުން މައްސަލަ ހިމަނައި، ޖަލްސާގެ އެޖެންޑާ އިސްލާހު ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: