ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރާނެ މަސައްކަތެއް ނުދައްކާ ފެނަކައިގައި އެކަނި 8000 މުއައްޒަފުން އެބަތިބި: ތޯރިގު

ކުރީގެ އެންވާރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި މި ސަރުކާރުން ފެނަކައަށް އެކަނި 8000 މުވައްޒަފުން ވައްދާފައި އެބަތިބިކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “2023 ގެ ރައީސް” ޕްރޮގުރާމްގައި ވާހަކަދައްކަމުން ތޯރިގު ވިދާޅުވީ ސަރުކާރު ހިންގުމުގެ ނަމުގައި ރާއްޖެ އަދަވަޅަކަށް ވައްޓާލާފައިވާ ކަމަށާއި، މިއީ ސަރުކާރުން  ކުރައްވާ ޖެއްސުމެއް ކަމަށެވެ. އެގޮތުން ކުންފުނިތަކަށް މީހުން ވައްދާފައިވަނީ ހަމައެއް އުސޫލެއް ބެލުމެއްނެތި ކަމަށްވެސް ވިދާޅުވިއެވެ. މުވައްޒަފުން ނެގުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް މުވައްޒަފުން ނަގާކަމުގައިވާނަމަ ކުރާނެ މަސައްކަތެއްވެސް އެމީހުންނަށް ދައްކަން ޖެހޭނެ ކަމަށް ތޯރިގް ވިދާޅުވިއެވެ.

ކުންފުނިތައް ހިންގަނީ އެ ކުންފުންޏަކަށް ލިބޭ އާންމުދަނީން އެކަނި ނޫން ކަމަށާއި، ދައުލަތަށް ލިބޭ އާންމުދަނީ ވެސް ކުންފުނި ހިންގުމަށް ބޭނުން ކުރާ ކަން ތޯރިގް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ހުރިހާ ބުރައެއް އުފުލަން ޖެހެނީ ދައުލަތަށް ކަމަށްވާއިރު ސަރުކާރުން އަދިވެސް މި މަސައްކަތް ހުއްޓުމެއްނެތި ކުރަަމުން ދިއުމަކީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.

އިންތިގާލީ މަރުހަލާގައި ސަރުކާރު ބަދަލުވާން 16 ދުވަހަށްވެފައިވާއިރު، އަދިވެސް ފެނަކައާއި، ސްްޓެލްކޯފަދަ ކުންފުނިތަކުން މުވައްޒަފުން ދަނީ ނަގަމުންކަމަށް ތޯރިގް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ މިފަދަ އަމަލުތައް ސަރުކާރުން ހިންގި ނަމަވެސް އެކަންތައްތައް މެނޭޖު ކުރުމުގެ ވިސްނުމާއި ހިކުމަތް އާ ރައީސްގެ ވިސްނުންފުޅުގައި އެބަހުރި ކަމަށެވެ.–

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: