މަޖިލީހުގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުވުމުން މިއަދަށް ތައާވަލު ކުރި ޖަލްސާ ވެސް ކެންސަލްކޮށްފިއެވެ.
މިއަދުގެ ޖަލްސާ ކެންސަލްވީއިރު، މިއީ އިވާ އާލާސްކަންފުޅާ އުޅުއްވާތީ ކެންސަލްކުރި 5 ވަނަ ޖަލްސާއެވެ. އަދި ސަބަބު ބަޔާންކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕަށް ސިޓީއެއް ފޮނުވިއެވެ. އަދި އެ ސިޓީ ޕާޓީން ނޫސްވެރިންނާ ހިއްސާކޮށްފައެވެ.
މިއަދުގެ ޖަލްސާ ކެންސަލްކޮށްފައިވަނީ ޖަލްސާގެ އެޖެންޑާގައި އޮތް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާއެއްގެ ރިޔާސަތު ހަމައެކަނި ބެލެހެއްޓޭނީ ނައިބު ރައީސްއަށްކަމަށް މަޖިލީހުގެ އިދާރާއިން ކަނޑައަޅާފައިވާތީއެވެ.
އީވާ އާލާސްކަންފުޅާ އުޅުއްވާތީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް، ކެންސަލްވަމުންދާތީ މި މައްސަލައަށް ހައްލު ހޯދުމަށް އެމްޑީޕީއިން ވަނީ ސްޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާފައެވެ. މި މައްސަލައިގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ވަނީ ތައާވަލުކޮށްފައެވެ.

