ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 ނޮވެމްބަރުން އިބުރަތްތަކެއް ހާސިލުކުރަންޖެހޭ: ނާޒިމް

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ނާޒިމް: ފޮޓޯ/ އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނަސްރުގެ ދުވަހަކީ އިބުރަތްތައް ހާސިލުކުރަންޖެހޭ ދުވަހެއްކަމަށް އެމްއެންޕީގެ ރައީސް ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން ދެއްވި ހާއްސަ މެސެއްޖެއްގައި ނާޒިމްވަނީ 3 ނޮވެމްބަރު 1988 ވަނަ އަހަރުގެ އުދުވަނީ ހަމަލާގައި ޝަހީދުވެގެންދިޔަ ބަތަލުންގެ ޒިކުރާ އައުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ އުދުވާނީ ހަމަލާ އަމާޒުވި ދުވަހުން ދިވެހިން އިބުރަތްތަކެއް ހާސިލުކުރަންޖެހޭކަމަށޭވެ.

ނާޒިމް ވިދާޅުވީ، އެ ދުވަހަކީ ހާއިނުންތަކެއްގެ ކިބައިން ދިވެހިރާއްޖެ ސަލާމަތްވިދުވަސްކަމަށާއި އެ ދުވަހު ގައުމު ސަލާމަތްކުރީ ދިވެހި ސިފައިންނާއި އާންމުންގެ އެތައް ބަޔަކު ގުޅިގެންކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ފަރާތްތަކަށް ހައްގު ޝުކުރު ރައްދުކުރައްވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހި ގައުމަކީ އެންމެން ގުޅިގެން އަބަދަށް މިނިވަން ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: