ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމާއި ކެމްޕޭން ލޯންޗްކުރުން މިރޭ !

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް / ފޮޓޯ: އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓް ހަވާލުކުރުމާއި ކެމްޕޭން ލޯންޗްކުރުމަށް ބާއްވާ ބޮޑު ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެމްއެންޕީން ބުނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބާއްވާ ޖަލްސާ 25 މެއި 2023 ވާ ހުކުރު ދުވަހުގެރޭ (މިރޭ) އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްދާނެ ކަމަށެވެ.

“ސަންގު” އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ނާޒިމްވަނީ ވެރިކަމާއި ހިސާބަށް އެމްއެންޕީއަށް ވާސިލުވެވިއްޖެ ހާލަތެއްގައި އެ ޕާޓީއިން އަމަލުކުރާނެ ގޮތުގެ ތަފްސީލުތަކެއް ދެއްވާފައެވެ. އެގޮތުން ރައްޔިތުންނަށް ލުއިތަކެއް ގެނަސްދިނުމަށްޓަކައި އެންމެ އަސާސީ މައްސަލަތަކަށް ހައްލު ގެނައުން މުހިންމުކަމަށް ނާޒިމްވަނީ ސިފަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ފެނާއި ކަރަންޓު ބިލު ނުދެއްކި އެތައް ބަޔަކު ތިބިކަމަށެވެ. އެހެންކަމުން އެމްއެންޕީގެ ވިސްނުމަކީ ސްޓެލްކޯ ވެމްކޯ ފަދަ ކުންފުނިތަކުން ކުރަމުންދާ “ބޭކާރު” ހަރަދުތައް ކުޑަކުރުންކަމަށާއި އެކި ތަންތަނަށް ސްޕޮންސާރ ދިނުމުގެ މަސައްކަތްތައްވެސް އެމްއެންޕީގެ ސަރުކާރަކުން ހުއްޓުމަކަށް ގެންނާނެކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެ ކުންފުނިތަކަކީ ފައިދާތަކެއް ވަމުންދާކަމަށް ދައްކަންޖެހޭ ކުންފުނިތަކެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މިއީ މުބާރާތެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ލިބެމުންދާ ފައިދާގެ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ފެނިވަޑައިނުގަންނަވާކަމަށެވެ. ނާޒިމް ވިދާޅުވީ، ބޭނުންވެވަޑައިގަންނަވަނީ ރައްޔިތުންނަށް ލުއިތަކެއް ގެނެސްދެއްވުމަށްކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ސަރުކާރެއްގައި ފެންބިލާއި ކަރަންޓު ބިލު ކުޑަކުރެވިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަމުންދާ މަންޒަރު ފެނިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން އެކަން ހައްލު ކުރުމުން އެ ފައިސާގެ ބޭނުން ހިފައި ރައްޔިތުންނަށް ލުއިތަކެއް ގެނެސްދެއްވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީވެސް ހައްލު ކުރުމަށް ކަނޑައެޅިފައިވާ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، ކުލިތައް ހުރީ އަތް ފޯރާ ފަށުން ބޭރުގައިކަމަށެވެ. ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއްގައި ހިޔާ ފްލެޓުތަކުގެ ކުލި 4000 ރުފިޔާއަށް ކުޑަ ކުރައްވާނެކަމަށް ވިދާޅުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ޕާޓީއިންވަނީ އެކަން ކުރެއްވޭނެތޯ ބެއްލެވުމަށް ހިސާބު ޖައްސަވާފައިކަމަށެވެ. އަދި އެއީ ކުރެއްވޭނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގެދޮރު ބިނާ ކުރުމަށް ބޭނުންވާ މިހާ ތަހައްމަލު ކުރާނެ ދަތިތައްވެސް ތަސައްވަރު ކުރެއްވޭކަމަށެވެ. ނާޒިމް ވިދާޅުވީ، އޭނާއަކީވެސް އެ މަސައްކަތްތައް ކުރައްވަމުންދާ ފަރާތެއްކަމަށްވުމުން ތަޖުރިބާތަކެއް ކުރެއްވިފައިވާކަމަށެވެ. އެގޮތުން ރާއްޖޭގައި ގޯއްޗެއް އޮތް ނަމަވެސް އެތަނުގައި ގެދޮރު ބިނާ ކުރުން އެއީ ދަތި އުނދަގޫ ކަމެއްކަމަށް އޭނާ ސިފަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ، އިކުއިޓީ ބޭނުންވާކަމަށެވެ.

ނާޒިމް ވިދާޅުވީ، ދާދި ފަހުން ރާއްޖޭގެ ސަރުކާރުން ރިސޯޓެއްގެ ވެރިޔަކަށް 130 މިލިއަން ޑޮލަރުގެ ސޮވަރެއިން ގެރެންޓީ ދީފައިވާކަމަށެވެ. އެހެންކަމުން ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ސޮވަރެއިން ގެރެންޓީއެއް ދެވިދާނެކަމަކީ ހަގީގަތެއްކަން ގަބޫލު ކުރަންޖެހޭކަމަށާއި އެހެންކަމުން އެ ޕާޓީގެ ސަރުކާރެއްގައި ބެންކުތަކަށް އެ ގެރެންޓީ ދީގެން ރައްޔިތުންނަށް ގެދޮރު ބިނާ ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް ވިސްނާވަޑައިގެންފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

 

އެމްއެންޕީއިން އިސްކަންދޭ މައިގަނޑު 10 އަސާސް

 

  1. އިސްލާމީ ރިވެތި އަގީދާގައި ސާބިތުވެ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއް ދެމެހެއްޓުން.
  2. މުޖުތަމައުގައި ވަކި ފަރާތަކަށް ބުރަވެފައި ނުވާ މިނިވަން އަމިއްލަ ގައުމަކަށް ރާއްޖެ ހެދުން.
  3. ކޮރަޕްޝަނުން އެއްކިބާވެފައިވާ ދައުލަތަކާއި ހިންގުމުގެ ނިޒާމެއް އަދި ރައްޔިތެއް ބިނާކުރުން.
  4. ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދުލުވެރި ފަނޑިޔާރުގެއެއް ގާއިމުކޮށް އިންސާފުވެރި ވެއްޓެއް ގާއިމް ކުރުން.
  5. ކޮންމެ ދިވެހި ފަރުދަކަށް ހަމަހަމަ ފުރުސަތު ހޯދައިދީ ހައްގުތައް ކަށަވަރުކުރުން.
  6. ދިރިއުޅުމަށް ހިތްފަސޭހަ ގެއެއް ކަށަވަރުކޮށްދީ ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތް ލިބޭ ގައުމަކަށް ރާއްޖެ ހެދުން.
  7. ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން މިނިވަންކަމާއެކު ވިޔަފާރިކުރެވޭނެ ސިނާއަތްތައް ފުޅާކޮށް ފަހިކޮށްދިނުން.
  8. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރުމަށް ސިފައިންނާއި ފުލުހުންގެ ގާބިލްކަން އިތުރުކޮށް، ގާނޫނު ތަންފީޒު ކުރާ އިދާރާތައް ބާރުވެރިކުރުވުން.
  9. ރާއްޖޭގެ ވެށިގެ މުއްސަނދި ކަމަކީ އަމާނާތެއް ކަމަށް ދެކި އުމުރާނީ އަދި އިގްތިސޯދީ ތަރައްގީއަށް އިސްކަން ދިނުން.
  10. ގައުމު ބިނާކުރުމުގައި އެންމެން ބައިވެރިކުރުވުމަށްޓަކައި ހުނަރުވެރި އަދި ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ހެދުން.

އެމްއެންޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ނާޒިމްތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވެފައިވަނީ އިންތިހާބަށް ޕާޓީން ވާދަކުރާނެ މީހަކު ނިންމާނީ ޕާޓީގެ މެމްބަރުން ކަމަށެވެ. އެގޮތުން، އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށްޓަކައި ޕާޓީގެ ޓިކެޓް ހޯދުމަށް އެތެރޭގެ ޕްރައިމަރީއެއް ބާއްވާނެ ކަމަށާއި އެ ޕްރައިމަރީގައި އޭނާ ވެސް ވާދަ ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ނާޒިމް ވަނީ ޕްރައިމަރީން ޓިކެޓް ހޯއްދަވައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ވެ ވަޑައިގެންފައެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ އެ ޕާޓީއަކީ ފަލްސަފާއެއްގެ މައްޗަށް އޮންނަ ޕާޓީއެއް ކަމަށެވެ. އެ ފަލްސަފާއަކީ، ހުޅުވާލެވައިފާ އިގުތިސޯދީ ފަލްސަފާ އާއި، ދީނުގެ މެދުމިންވަރު ގަބޫލު ކުރުމާއި ސެންޓާ ރައިޓް ވިސްނުމެއް ގެންގުޅުން ކަމަށެވެ.

އެމްއެންޕީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ވަނީ ނިންމާފައެވެ. އެމްއެންޕީގެ އިތުރުން މިއަހަރުގެ އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވާދަކުރައްވާނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: