ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ އިންތިހާބެއްގައި ޕިޕީއެމްއާއެކު ދެމިތިބޭނަން: އެމްއެންޕީ

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ނާޒިމް އަދި އިންތިހާބީ އެޖެންޓު އުޝާމް: ފޮޓޯ/ އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޭޔަރު އިންތިހާބުން ފެށިގެން ހުރިހާ އިންތިހާބެއްގައި ދެމިތިބޭނީ ޕިޕީއެމްއާއެކު ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ.ން) ބުނެފިއެވެ.

އެމް.އެން.ޕީ.ން ރޭ ބޭއްވި އެޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ މާލޭ މޭޔަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރާ އިންތިހާބުން ފެށިގެން، 2024 ވަނައަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަދި އެހެނިހެން ހުރިހާ އިންތިހާބުތަކުގައިވެސް، ވާދަކުރާނީ ޕީޕީއެމްއާ އަދި ޕީއެންސީއާ އެކުގައި ކަމަށެވެ.

މިއީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ޕީޕީއެމް ޕީއެންސީއާއި އެކު ވެފައިވާ އެއްބަސްވުމަަކީ ކުރިއަށް ހުރި ހުރިހާ އިންތިހާބުތަކެއްގައި ވާދަކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، ޕީޕީއެމް ޕީއެންސީއާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ހެދިފައިވާ އެއްބަސްވުމަކީމިއީ ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށް އެމްއެންޕީން ބުނެފައެވެ.

“އަޅުގަނޑު ގަބޫލުކުރަން، ކުރިއަށް ހުރި އިންތިހާބު ތަކުގައި ވާދަކުރުމަށް، ޕީޕީއެމް ޕީއެންސީ އާއެކު ވެފައިވާ އެއްބަސްވުން ކައުންސިލް މެމްބަރުންނަށް އެނގެންޖެހޭނެކަމަށް. ވަރަށް އަވަސް މުސްތަގުބަލެއްގައި، ކައުންސިލް މެމްބަރުންނަށް އެ އެއްބަސްވުން ހިއްސާކުރާނަން.” ނާޒިމް ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީ އާއިއެކު ހެދިފައިވާ އެއްބަސްވުން ޕާޓީގެ ގައުމީ ކައުންސިލް މެމްބަރުންނާއި ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށާއި، އަދި ކުރިއަށް ހުރި އިންތިހާބުތަކުގައި ވާދަކުރުމަށް، މިއެއްބަސްވުމުގައި ވާ ކަންތައްތައް ކައުންސިލް މެމްބަރުންނަށް އެންގުމަކީ މުހިއްމު ކަމެއްކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްއެންޕީއަކީ އަބަދުވެސް ގައުމުގެ ހެވާއި ލާބައަށް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށާއި، އެމްއެންޕީ އުފެދިގެން އައީ އެ އަސާސްތަކުގެ މައްޗަށް ކަމަށާއި، އެހެންކަމުން އެގޮތުގައި ދެމިތިބޭނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: