ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ބޭނުންވަނީ އެމަނިކުފާނުގެ ތަސައްވަރު ތަންފީޒު ކުރައްވަން: ނައިބު ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނު ތަސައްވަރުގައި އެ ހުންނެވި ކަންކަން ތަންފިޒު ކުރެއްވުމަށް ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނައިބް ރައީސް ހުސައިން ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުގެ އިންތިހާބަކީ މުހިންމު އިންތިހާބެއް ކަމަށާއި، މި އިންތިހާބުގެ މުހިންމު ކަން ހިތްތަކަށް ގެނުވި، މިކަމުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވާން ޖެހުނު ސަބަބުތަކެއް ވާ ކަމަށެެވެ.

އެމަނިކުފާނު ދެއްކެވި ނަމޫނާއެއްގެ ސަބަބުން މާލެ ސިޓީ މޭޔަރުކަމުގެ އިންތިހާބު ވާދަވެރިވެގެން ގޮސްފައިވާ ކަމަށް ނައިބް ރައީސް ހުސައިން ވިދާޅުވިއެވެ. މިގޮތުން ދެ އަހަރާއި ހަ މަސް ދުވަހު އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގައި، ބޮޑު ސަރުކާރެއްގެ ފިއްތުންތަކާއި އެކުގައި ހުންނަވައިގެން ބޮޑެތި ބަދަލުތަކެއް މާލޭގެ ރައްޔިތުންނަށް ގެނެސްދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ތަސައްވަރުގައި އެ ހުންނެވި ކަންކަން، ތަންފިޒު ކުރުމަށް، އެމަނިކުފަނާއި އެއް ސަފެއްގައި އެއް އަޑަކުން ވާހަކަދެއްކޭނެ ބޭފުޅަކު މިތަނުގައި ހުންނެވުން އެއީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތް ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނު މާލޭގެ ތަސައްވަރު ފުރިހަމަ ކުރަން މޭޔަރު ކަމުގެ ގޮނޑީގައި އިންނަވަން ޖެހޭނީ ކަމަށް ގާބިލް އެކަށޭނެ ބޭފުޅެއް ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: