ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. މުއިއްޒުގެ ހިދުމަތާއި އެއްފެންވަރަށް މަސައްކަތް ކުރެވޭނެ ކެންޑިޑޭޓަކީ އާޒިމާ: ނައިބުރައީސް

މާލެ ސިޓި ކައުންސިލަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕޭން ޖަލްސާ-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިދުމަތާއި އެއް ފެންވަރަށް އެ މަސައްކަތް ކުރައްވާނެ ހަމައެކަނި ކެންޑިޑޭޓަކީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އާޒިމާ ޝަކޫރު ކަމަށް ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ މޭޔަރ، އަދި މާލޭގެ ތިން ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސް މުއިއްޒު ހިދުމަތްތެރިކޮށް ބާރު ސްޕީޑުގައި ރައްޔިތުން ބޭނުންވާ ކަންކަން ކުރައްވަން ނިކުންނަވާފައި ހުންނަވަނިކޮށް އެމަނިކުފާނުގެ މެނިފެސްޓޯއާއި އިދިކޮޅަށް ވާހަކަ ދައްކަވާ ކެނޑިޑޭޓަކު ހޮވިއްޖެނަމަ ކަންކަން ރަނގަޅަކަށް ނުދާނެ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް އިތުބާރު ކުރައްވާ މޭޔަރަކު މާލޭގައި ހުންނަވައިފިނަމަ، ތޮތްޖެހިފައިވާ މާލެ ހިތް ފަސޭހަތަނަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އެހެން ކަމުން ވަށާޖެހޭ ނިޒާމު ތަޣައްޔަރުވިޔަ ނުދެއްވަން އާޒިމާގެ އިތުރުން އެ ޕާޓީގެ ފަރާތުން ވާދަކުރައްވާފައިވާ ކައުންސިލަރުން ހޮވަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ނައިބު ރައީސް ވަނީ ބައެއް ކެނޑިޑޭޓުން ބަހުސް ތަކުގައި ރައީސް މުއިއްޒުގެ މެނިފެސްޓޯއަށް ތާއިދުކުރައްވާކަން ވެސް ފާހަގަ ކުރައްވާފައެވެ. އަދި އެކަންކަން އެހެން ވެގެން ދަނީ އެމަނިކުފާނުގެ ހިކުމަތްތެރިކަމުން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: