ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްދޫގައި ކަރަންޓު ދޫކުރަންވީ ޕާޓީގެ ރައްޔިތުންނަށްކަމަށް ދެއްކި ވާހަކަ ޕީއެންސީ ކުށްވެރިކޮށްފި

ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ސްޕޯކްސްޕާސަން ހީނާ ވަލީދު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ރަޝީދު “ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެތަކަށް” ކަމަށް ބުނެ ދެއްކި ވާހަކަތައް ޕީޕީއެމް/ޕީއެންސީއިން ކުށްވެރިކޮށްފިއެވެ.

ފެލިވަރު ވަޒީފާގައި ތިބި މުވައްޒަފުން ސަރުކާރަށް ތާއީދުކޮށް އެއްބާރުލުން ނުދޭނަމަ ކޮންޓްރޯލްކޮށް ފިޔަވަޅު އެޅުމަށް ގޮވާލައި އާންމުންގެ މީހަކު ވާހަކަ ދެއްކި ވީޑިއޯއެއް އާންމުވިތާ ދެ ދުވަސް ވެސް ނުވަނީސް ރޭގެ އިތުރު ޖަލްސާއެއްގެ ވާހަކަތައް ވަނީ އަނެއްކާވެސް އާންމުވެފަ އެވެ.

ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި އަބްދުﷲ ރަޝީދު ބުނެފައި ވަނީ، ކަރަންޓު ދޭންވީ ވަކިވަކި ގެތަކަށް ބަލާފައި ސީދާ ޕާޓީގެ މެމްބަރުންނަށް އެކަނިކަމަށެވެ. އަދި އޭނާ ވަނީ މަޖިލިސް އިންތިހަބު ނިމެން ދެން އަމަލު ކުރަންވީ ގޮތަކީ އެއީކަމަށް ބުނެފަ އެވެ.

މި މައްސަލައިގައި އާންމު ކުރި ބަޔާނުގައި ކޮންގްރެސް ކޯލިޝަނުން ބުނީ ކަރަންޓު ދޭންވީ ހަމައެކަނި ޕާޓީގެ މެމްބަރުންނަށްކަމަށް ރަޝީދު ދެއްކި ވާހަކަ ކުށްވެރި ކުރާކަމަށެވެ. އެއީ އެއްވެސް ހާލަތެއްގައި މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. 

މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށް ބަޔާނުގައި ވެއެވެ. މި މައުލޫމާތު މީޑިއާ ގުރޫޕަށް ފޮނުވުމުން ނޫސްވެރިން ވަނީ އެ ވާހަކަ ދެއްކި މީހާއާއި މެދު އެއްވެސް ފިޔަވަޅެއް އެޅިތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ޕީޕީއެމް/ޕީއެންސީ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: