ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޝާމް ވަކިވުމާއިއެކު އެމްއެންޕީއަށް މަޖިލީހުގެ ހައިސިއްޔަތު ގެއްލިއްޖެ

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްއެންޕީގެ ޓިކެޓުގައި ހޮވިވަޑައިގެން މެންބަރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލެ ދާއިރާގެ މެންބަރުކަމުން އަހުމަދު އުޝާމް އިސްތިއުފާ ދެއްވުމާްއިއެކު މަޖިލީހުގައި އެމްއެންޕީއަށް އޮތް ހައިސިއްޔަތު ގެއްލިޖެއެވެ.

މިއަދު ރިޔާސަތުން އަންގާ އެންގުމުގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގައި ވަކި ޕާޓީއެއް ތަމްސީލު ކުރައްވަނީނަމަ، އެ ޕާޓީއަކަށް ނިސްބަތްވާ 3 މެންބަރުން މަޖިލީހުގައި ތިބެންޖެހޭކަމަށެވެ. އަދި ތިން މެންބަރުންވުރެ މަދުވެއްޖެނަމަ ޕާޓީގެ ހައިސިއްޔަތު ގެއްލިގެންދާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގައި އެމްއެންޕީއަށް ނިސްބަތްވާ ތިއްބަވަނީ ތިން މެންބަރުންނެވެ. އެއީ:

  1. ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
  2. ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް
  3. ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

މި މެންބަރުންގެ ތެރެއިން އުޝާމް މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއީ އަލަށް އުފެދުނު ސަރުކާރުގެ ބަންޑާރަ ނައިބުގެ މަގާމަށް ވަޑައިގަތުމަށްޓަކައެވެ.

އެހެންކަމުން މަޖިލީހުގައި އެމްއެންޕީ ތަމްސީލު ކުރައްވާ 3 މެންބަރުން ނެތުމުން، އެ ޕާޓީއަށް މަޖިލީހުގައި އޮތް ހައިސިއްޔަތު ގެއްލިގައިވާކަން ރިޔާސަތުން އިއުލާން ކުރިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: