ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރު ގާނޫނުތައް ނަގަހައްޓައި ތަންފީޒުކުރުމުގައި މިސާލަކަށް ވާނެ: އުޝާމް

ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުތައް ނަގަހައްޓައި ތަންފީޒުކުރުމުގައި ކާމިޔާބީތަކެއް ހާސިލުކޮށް އައު މިންގަނޑުތަކެއް ކަނޑައަޅާނެކަމާއިމެދު ޔަގީންވެވަޑައިގަންނަވާކަމަށް އެޓާރނީ ޖެނަރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އަމިއްލަ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އުޝާމްވަނީ ރައީސް މުއިއްޒު އޭނާއަށް ދެއްވާފައިވާ ފުރުސަތަކީ ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ވިދާޅުވެފައެވެ. އަދި ކުރެއްވި އިތުބާރާށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، ހަވާލުކުރެވިފައިވާ މަގާމުގެ މަސްއޫލިއްޔަތުގެ ބުރަދަން އެނގިވަޑައިގަންނަވާކަމަށާއި، އެހެންކަމުން މަސައްކަތްތަކާއި ކުރިމަތިލައްވަނީ ސީރިއަސްކަމާއި އިހުލާސްތެރިކަމާއިއެކުކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ ގާނޫނުތައް ނަގަހައްޓައި ތަންފީޒުކުރުމުގައާއި ގާނޫނީ ބާރުވެރިކަން ދެމެހެއްޓުމުގައި ކާމިޔާބީތަކެއް ހާސިލުކޮށް މިސާލަކަށް ވެގެންދާނެ މިންގަނޑުތަކެއް ކަނޑައަޅާނެކަމާއިމެދު ޔަގީންވެވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: