ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އީދު ބަންދަށްފަހު މަޖިލީހަށް ހުށައެޅުން: އުޝާމް

ބަންޑާރަ ނައިބު އަހްމަދު އުޝާމް/ ފޮޓޯ: ރަީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ އީދު ބަންދު ނިންމުމަށްފަހު ކުރިއަށްއޮތް ހަފްތާއެއްގެ ތެރޭގައި ގާނޫނަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ޑްރާފްޓު ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް ބުލީ ކޮށް އަނިޔާ ކުރި މައްސަލައިގައި ހޯމް މިނިސްޓްރީ އާއި ކަމާބެހޭ މުވައްސަސާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ކުޑަކުއްޖާއަށް ގަނާ ކުރި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިކަން ބައްލަވާ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސަރުކާރުގެ ވަޒީރުން އެކުލެވޭ ޓާސްކު ފޯސްއެއް އެކުލަވައިލައިފައި ކަމަށެވެ. ޓާސްކް ފޯސްގެ މަސައްކަތް ކުރަމުން ދާއިރު އޭޖީ އޮފީހުންވެސް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ދައުލަތުގެ ހާއްސަ އެހިތެރިކަމާއި ރައްކާތެރިކަަމަކީ ކުޑަކުދިންނަށް ދޭން ޖެހޭ ރައްކާތެރިކަމެއް ކަމަށް ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބާޔާންކޮށްފައިވާކަމަށެވެ. އަދި ކުޑަކުދިންނަށް އެހީތެރިކަމާއި ރައްކާތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށް ދިނުމަށް ދައުލަތަށް ލާޒިމުކުރާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ. މިކަން ކުރުމަށްޓަކައި 2019 ވަނަ އަހަރު ކުޑަކުދިންގެ އަދުކުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ރައްޔިތުންގެ މަޖިީހުން ފާސްކޮށް 2020 ަނަ އަހަރު މި ގާނޫނުތަކަށް އަމަލު ކުރަން ފަށާފައި ވާކަމަށް އުޝާމް ވިދާޅުވިއެވެ.

ހާއްސަކޮށް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށައި، މިއަހަރަށް 4 އަހަރުވެގެން ގޮސްފައި ވާއިރު އެ ގާނޫނުގެ ދަށުން ދައުލަތުން ހަދަންޖެހޭ ރިހެބިލިޓޭޝަން ސެންޓަރުތަކާއި އަދި އެ ގާނޫނޔގެ ދަށުން ދެންވެސް ކުރަންޖެހޭ ގިނަ ކަންކަން މިހާތަނަށް އޮތީ ނުކޮށް ކަމަށް އުޝާމް ވިދާޅުވިއެވެ.

“މި ސަރުކާރުން ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަސްތެރޭގައި ގާނޫނު އިތުރަށް ރިވިއުކޮށް ގާނޫނުގެ ތެރެއިން މިހާރުން މިހާރަށްވެސް ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ގާނޫނަށް މިހާރު ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މިވަނީ ފަށައިފައި. އެގޮތުން އެއްކަމަކަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތް ކުށުގެ މައްސޫލިއްޔަތު އުފަލަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައި. ދެވަނަ ކަމަކަށް ގާނޫނުން މިހާރު އޮތް ގޮތުން ޑިޓެންޝަން ސެންޓަރަށް ކުޑަކުއްޖަކު ގެންދާކަމުގައި ވަނީނަމަ އެބަޖެހޭ އަމުރެއް ހޯދަން. އެހެންނަމަވެސް ގާނޫނަކުން ސާފެއްނުން ގާނޫނުގައި އެބުނާ އަމުރު ހޯދަން ދާން މިޖެހެނީީ ކޮން ކޯޓަކަށް ކަމެއް”

އުޝާމް ވިދާޅުވީ ވޭތުވެދިޔަ އަތަރު އަހަރުގެ ތެރޭގައި އަމުރެއް ހޯދުމަށްޓަކައި ހޯމ މިނިސްޓްރީގެ ފަރާތުން ނުވަތަ ދައުލަތުގެ އެހެން އިދާރާގެ ފަރާތުން ޖުވެނައިލް ކޯޓަށް މައްސަލައެއް ހުައެޅުމުން އެ ކޯޓުން ވިދާޅުވެފައިވަނީ އަމުރު ނެރުމަކީ އެ ކޯޓުގެ އިހުތިސާސްގެތެރޭގައި ވާކަމެއް ނޫން ކަމަށާއި އަދި އެއީ ދިމާވާ އެއް އެއްމައްސަލަ ކަމަށެވެ.

އުޝާމް ވިދާޅުވީ ކަންކަން އޮތީ އެހިސާބަށް ހުއްޓިފައި ކަމަށާއި ޖުވެނައިލް ކޯޓުގެ ނިންމުންތައް ނިއްމި އިރު ހަތަރު އަހަރު ވެގެން ދިޔައިރު މިކަމަށް ހައްލެއް ހޯދުމަށްތަކައި އޭގެ މަތީ މަރުހަލާގެ ކޯޓަކަށްވެސް މައްސަލައެއް ހުށަހަޅައިފައިިނުވާ ކަމަށެވެ. އަދި ގާނޫނު އިސްލާހުކޮށްގެން މި މައްސަލައަށް ހައްލެއް ހޯދުމަށްވެސް މަސައްކަތް ކޮށްފައި ނުވާކަމަށް އުޝާމް ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ހައްލު ގެނައުމަށްޓަކައި ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތުގައި ކޯޓު އަމުރު ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށްވެސް ހައްލެއް ގެނައުމަށް މަސައްކަތްް ކުރަމުންދާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: