ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ކުޑަ ކުރުމަކީ ހައްލެއް ނޫން، އެ ކުދިންނަށް ބޭނުންވަނީ ފަރުވާ: ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް /ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ހަގު ކުރުމަކީ އެކަމުގެ ހައްލު ނޫންކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުއްޖަކާއި ބުލީ ކޯށް އަނިޔާ ކުރި މައްސަލަ ވަނީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައެވެ. މިކަމާއި ގުޅިގެން ހޯމް މިނިސްޓްރީ އާއި އަދި ކަމާ ބެހޭ މިނިސްޓްރީތަކާއި ގުޅިގެން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުފުލަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލު ކުރުމަކީ ސަރުކާރުގެ ވިންނުން ކަމަށާއި އެގޮތަށް އެ އިސްލާހު ހުށަހަޅާނެ ކަމަށް ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން ކަމާބެހޭ ގިނަ ބޭފުޅުން ސޯޝިއަލް މީޑިއާގައި އަޑު އުފުލަމުން ދާއިރު ޕީޖީ ޝަމީމް ވެސް ވަނި މިކަމާއި ގުޅިގެން ފޭސްބުކުގައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ. ޝަމީމް ވިދާޅުވީ ގާނޫނީ ނިޒާމު ކަނޑައެޅިފައިވާ ގޮތުން ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމަށެވެ. ނަމަވެސް އޭގެ މާނާއަކީ އެއުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެކުއްޖާ އާއިމެދު އެއްވެސް ފިޔަވަޅެއް ނޭޅުން ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.

 “ފިޔަވަޅު އެޅޭނެއެވެ، ފިޔަވަޅު އެޅޭނެ ނިޒާމުތައްވެސް އެބަހުއްޓެވެ. އެކަމާބެހޭ ގަވާއިދުވެސް އެބަ އޮތެވެ. ދެން އޮތީ ހަމައެކަނި ފިޔަވަޅު އެޅުމެވެ. އެކުދިންނަށް ދޭންވީކީ އަދަބެއް ނޫނެވެ. އަދަބު ދީގެން، ކުށްކުރާ ބަޔަކު އުފެއްދުމަށްވުރެ، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ޅަ ސިކުނޑިތަކަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންވީއެވެ. އަޅުގަނޑުމެން އެންމެންވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެއެވެ. އެހުރިހާ ކުަށަކަށް އަދަބުދީ، ޖަލަށްލީ ހެދިނަމަ، މިއަދު މިވާހަކަ ދައްކާނެ ބަޔަކު މުޖްތަމަޢުގައި ނުއެއް ތިބޭނެއެވެ

ޝަމީމް ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާ ކަމަށާއި އެކުދިންނަކީ އަދަބުދޭ ބައެއް ނޫން ކަމަށެވެ. ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު ކުޑަ ކުރުމަކީ އެކަމަށް އޮތް ހައްލު ނޫންކަމަށާއި އުމުރު ހަގުކޮށްގެން ކުށެއް ކުރެވޭ ކޮންމެ ކުއްޖަކު ޖަލަށް ލައިފިނަމަ، އެ އެފެއްދެނީ ކުށްވެރިންގެ ޖީލެއް ކަަމަށް ޝަމީމް ވިދާޅުވިއެވެ.

ކުށް ކުރާ ކޮންމެ ކުއްޖަލު ޖަލަށް ލައިފިނަމަ އެކުދިންނަށް ރަނގަޅުވާން ބޭނުންވާނެ ސަބަބެއް ނުފެންނާނެ ކަމަށާއި އޭގެ ނަތީޖާއަކަށް ވެގެންދަނީ ކުށުގެ ތެރޭގައި އެކުދިންގެ އުމުރު ދުއްވާލުމަށްވެސް ފަސްނުޖެހުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މި ކަމަށް އޮތް ހައްލަކީ ރިހެބިލިޓޭޓް ކުރުމާއި ފަރުވާދީ ރަނގަޅު މަގު ދައްކައިދިނުން ކަމަށެވެ. އަދި އެކަން ކުރެވޭނެ ފަންނީ މީހުން ރާއްޖޭގައި ތިބިކަމަށާއި ކުށްކުރާ އުމުރުގައި އުޅޭ ފަންސާހަކަށް ކުދިންނަށް ދައުލަތުން ފޯކަސްކޮށްގެން ޕްރޮގަރާމް ހިންގައިފިނަމަ އެކަން ކާމިޔާބު އިންވެސްޓްމެންޓަކަށް ވާނެ ކަަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. މާ މަތިން އަންގަވާފައިވާ އެންގެވުމަށް ހަޖޫ ޖަހައި މުރުތައްދު ވަނީތޯ؟

  2. މިކަހަލަ ބޭކާރު ވާހަކަ ދައްކައިގެން މުޖުތަމައު ހަލާކުކުރަން މި އެމްޑީޕީ ބައިގަނޑު ބޭނުންވަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: