ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ ކުށުގެ ޒިންމާ 12 އަހަރުން ފެށިގެން ނަގަން ޖެހޭ ގޮތަށް ބަދަލުކުރުމަކީ ސަރުކާރުގެ ވިސްނުން: އިހުސާން

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ----- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ ކުށުގެ ޒިންމާ 12 އަހަރުން ފެށިގެން ނަގަންޖެހޭ ގޮތަށް ބަދަލު ކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް ބުލީ ކޮށް އަނިޔާ ކުރި މައްސަލައިގައި ހޯމް މިނިސްޓްރީ އާއި ކަމާބެހޭ މުވައްސަސާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިހުސާން ވިދާޅުވީ މިހާރު އޮތް އެންމެ ބޮޑު ޗެލެންޖަކީ ޖިިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރުކަމަށް ގާނޫނުގައި ބަޔާން ކުރަނީ ފަނަރަ އަހަރު ކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ ރެކޯޑު ތަކުންނާއި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުގެ ރިޕޯޓް ތަަކުން ދައްކާ ގޮތުން ރާއްޖޭގައި މިވަގުތު 12 އަހަރާއި 13 އަހަރާއި ދެމެދުގެ އެތަކެއް ކުދިންނެއް މި މާހައުލުގައި “އެޓް ރިސްކު” ގައި އުޅޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގާނޫނުގައި ބަޔާން ކުރާ 15 އަހަރުން ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކަށް މިހާރު އެފަދަ މާހައުލުގައި އުޅޭކުދިން ނުފެތޭ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިވަގުތު އެ ކުދިން ޖިނާއީ ކުށެއް ކުރި ކަމަށް ވީނަމަވެސް އެ ކުދިން އެ ކުށަށް ޒިންމާ ކުރެވޭނެ ގޮތަކަށް ގާނޫނު ބައްޓަންކޮށްފައި ނުވާކަމަށް އިހުސާން ވިދާޅުވިއެވެ. މި ސަރުކާރުގެ ވިސްނުމަކީ އެ އުމުރުފުރާ 12 އަހަރަށް ކުޑަ ކުރުން ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެ އުމުރުފުރާ ތަފާތު ކަމަށާއި އެގޮތުން އިނގިރޭސި ވިލާތުގައި 11 އަހަރު އަދި ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި 12، 13 ނުވަތަ 14 އަހަރަށް އެ އުމުރުފުރާ ވަނީ ތިރިކޮށްފައި ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

މި މުޖުތަމައުއަށް ބަލާއިރު ގަބޫލުކުރެވެނީ އެ އުމުރުފުރައަކީ މިހާރު 12 ކަމަށާއި ރެކޮމެންޑު ކުރާނެ ޗޭންޖަކީ 12 އަހަރަށް ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭގޮތަށް ގާނޫނަށް ބަދަލުކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 17 އަހަރުގައި ކުށްކުރާ ކުށްޖަކަށް 10 ނުވަތަ 12 އަހަރުގައި ހުކުމެއް އަޔަސް، 18 އަހަރަށްފަހު ބޮޑު މީހަކަށް ވުމުން ވެސް ގާނޫނީ ގޮތުން އެކުއްޖާއާއި މެދު މުއާމަލާތް ކުރަންޖެހެނީ ކުޑަކުއްޖެއްގެ ގޮތަށްކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިހާރުވެސް އެބަ ބަލަހައްޓަން 277 އަހަރުގެ މީހެއް އޭނާ ކުޑައިރު ކުރި ކުށަކަށް ކުޑަކުދިންގެ ޖަލެއްގައި ބާއްްވައިގެން. އެހެންވީމަ މިއީ މިވަގުތު ގާނޫނުގައި ހުރި ހުރަސްތައް. ގާނޫނުގައި އިސްލާހު ކުރަންޖެހިފައިވާ ކަންކަން. އަޅުގަނޑު ހަމަ ހިތާމައާއި އެކު ފާހަގަކުރަން 2019 ވަނަ އަހަރުން ފެށިގެން މިކަންކަން މިހެން އޮތް އިރުގައި މިގާނޫނަށް އަދިވެސް މިއަދާއި ހަމައަށްވެސް އިސްލާހުނުކުރެވި އޮތް ކަން”

މި ސަރުކާރުން މިހާރު ވާނީ ގާނޫނުގައި ހޯލިސްޓިކަލީ ގެންނަންޖެހޭ ހުރިހާ ބަދަލެއް ސްޓްރަޑީކޮށްފައި ކަމަށާއި އެ ބަދަލުތައް މިހާރު އޭޖީ އޮފީހަށް ފޮނުވުމުގެ މަގުމަތީގައިވާކަމަށް މިނިސްޓަރ އިހުސާން ފާހަގަކުރެއްވިިއެވެ. ހަތަރު މަސް ތެރޭގައި ކުރެވުނު ވަރަށް ބުރަ މަސައްކަތެއް ކަމަށާއި މިދިޔަ މަސްތެރޭގައި މިކަމާއި ގުޅިގެން ހާއްސަ ސިންޕޯޒިއަމްއެއް ބާއްވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މައްސަލައަަށް ބޭނުންވާ ޖުމްލަ ހައްލު އެކުލަވާލައި އެ ކަރުދާހުގައި ވާގޮތުގެ މަތިން ގާނޫނަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް މިނިސްޓަ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: