ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއޯ ފުލުހުންނަށް ދެން ހަރަކާތްތެރިވެވޭނީ ސީދާ ސީޕީގެ ހުއްދަ ލިބިގެން!

ރައީސް މުއިއްޒު، މިނިސްޓަރު އިހުސާން އަދި ސީޕީ ޝުޖާއު: ފޮޓޯ/ ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުޒާހަރާތަކާއި އެއްވުންތައް ކޮންޓްރޯލް ކުރުމަށް ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް ހަރަކާތްތެރި ނުވެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއއްޒުގެ އެންގެވުމުގެ މަތިން ހޯމް މިނިސްޓަރ ކަނޑައަޅުއްވައިފިއެވެ.

އެސްއޯ ފުލުހުންނަށް ސީޕީގެ ސީދާ ހުއްދަ ނެތި ހަރަކާތްތެރި ނުވެވޭ ގޮތަށް ކަނޑައެޅީ ޕީޕަލްސް ނެޝަނަލް ފްރަންޓް ( ޕީއެންއެފް) ގެ އާންމު ޖަލްސާ ޢިޔާސުއްދީން ސްކޫލްގައި އެ ސްކޫލްގެ ހުއްދަ ނެތި ބާއްވަން މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވި ގޮތް މުރާޢާޖާ ކުރުމަށް ފަހު ރައީސް މުއިއްޒުއަށް ފޮނުވި ރިޕޯޓަށް ފަހުއެވެ.

ޕީއެންއެފްގެ ޖަލްސާ ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވި ގޮތް ރިވިއު ކުރުމަށް ފަހު ފަސް ކަމެއް އިސްލާހު ކުރުމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ އަންގަވާފައެވެ. އެއީ

  1.  އެސްއޯ ފުލުހުން އެންގޭޖް ވާން ޖެހޭނެ އޮޕަރޭޝަނަލް ހާލަތްތައް އަލުން ކަނޑައަޅައި، އެ ހާލަތުގައި ޑިޕްލޮއި ކުރުމުގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސް ސީދާ ހުއްދައިގެ ދަށުން އެކަން ކުރުން
  2. ފުލުހުންގެ އޮޕަރޭޝަނަލް ކޮމާޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރްކްޗަރކޮށް މިހާރުހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން.
  3. ޢިޔާސުއްދީން ސްކޫލްގައި އެސްއޯ ފުލުހުން ޑިޕްލޮއި ކުރެވުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސްގެ ކޮމާޑުން ތަހުގީގުކޮށް އެއްވެސް މީހަކު އިހުމާލުވެފައިވާނަމަ އެ މީހަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުން.
  4. ޢިޔާސުއްދީން ސުކޫލުގައި އެސްއޯ ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީއިން ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުން.
  5. އޮޕަރޭޝަނަލް ހާލަތުގައި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އަމަލުކުރަމުންދާ ގޮތް މުރާޖާކޮށް މިހާރަށްވުރެ ދެފުށް ފެންނަ ގޮތަށް ތަފްސީލީ މައުލޫމާތުތައް ދެވޭނެ އުސޫލުތައް ކަނޑައެޅުން.

ހޯމް މިނިސްޓަރ ވިދާޅުވިގޮތުން ސަރުކާރުގެ ވިސްނުމަކީ އޯގާތެރި ކުލުނުވެރި ޖަވާބުދާރީވަނިވި ފުލުހުންގެ ހިދުމަތެއް ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދިނުމެވެ. މިނިސްޓަރވަނީ މި ފުރުސަތުގައި ދިވެހި ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި ރެޔާއި ދުވާލު ފުލުހުން ކުރައްވަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އުޅުނު އިރު ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް އޮފީހުންވެސް މީގެކުރިން ބަޔާނެއް ނެރެފައިވެއެވެ. ރައީސް އޮފީހުން ބުނެފައިވާގޮތުން ރާއްޖޭގެ ގާނޫނީ ހަމަތަކުގެ މަތިން ހިންގާ އެއްވެސް ސިޔާސީ ހަރަކާތަކަށް ސަރުކާރުން ހުރަސް ނާޅާނެކަމަށާއި އެފަދަ ހަރަކާތްތަކަށް ކޮށްދެވެން އޮތް ކޮންމެ ފުރުސަތެއް ފަހިކޮށްދޭނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: