ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސާޖް ޕާލާގެ ނަމުގައި ހަށިވިއްކާ 111 ތަން މާލެ ސަރަހައްދުގައި އެބަހުރި: ހޯމް މިނިސްޓަރ

ހޯމް ސެކްޓަރ އިންބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން...... ފޮޓޯ: ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެސަރަހައްދުގައި ހަށި ވިއްކާ 111 މަސާޖް ޕާލަރ ހިންގަމުން ދާކަަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް ސެކްޓަރއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިހްސާން ވިދާޅުވީ ސެލޫން އާއި މަސާޖް ޕާލަރ ތަކުގެ ނަމުގައި އެތައްތަނެއްގައި ޣައިރު ގާނޫނީ އަމަލުތައް ހިންގަމުން ދާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ހަށި ވިއްކުމަށްޓަކައި ރާއްޖެއަށް ޓޫރިސްޓު ވިސާގައި ބޭރު ގައުމުތަކުން މީހުން ރާއްޖެ އެތެރެކޮށް، އެމީހުން ބޭނުންކޮށްގެން ހަށި ވިއްކާކަމަށް އިހްސާން ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ޣައިރުގާނޫނީ އަމަލުތައް ހިންގާ ތަންތަނާއި މެދު ފިޔަވަޅު އެޅުމަށްމަސައްކަތް ކުރަމުންދާ ކަމަށް އިހްސާން ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެ ތަންތަނުން ހައްޔަރު ކުރާ މީހުންނަކީ ރާއްޖެއިން ބޭރު މީހުން ކަމަށް ވާނަމަ އެމީހުން ޑީޕޯޓް ކުރުމަކީ މިހާރުގެ ޕޮލިސީ ކަމަށެވެ.

ރާއްޖޭގައި ތަފާތު އެކި ނަންނަމުގައި ހުޅުވާފައި ހުންނަ ތަންތަނުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާކަމުގެ އަޑުތައް ފަހަކަށް އައިސް ވަނީ ގަދަވެފައެވެ. އަދި ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތަކަށް އެ އިޝްތިހާރު ކުރާއިރު އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔަކު ދަނީ އެކަމާމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެހެންނަމަވެސް މިހާރު މި ގެނެވޭ ބަދަލާއި އެކު ރާއްޖެއިން ބޭރު ޣައިރު ގާނޫނީ އަމަލުތަށް ކުރާ މީހުން ވަގުތުން ޑީޕޯޓް ކުރުމަކީ ހޯމް މިނިސްޓްރީގެ ޕޮލިސީކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: