ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަންގެ ދަށުން މުޅިއެކު 817 ބިދޭސީން ފޮނުވާލާފައި ވޭ: ޝައްމާން

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު އެއިދާރާގެ މުވައްޒަފުންނާއި ބައްދަލުކުރައްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގެ 17 ނޮވެމްބަރުން ފެށިގެން މިއަދާ ހަމައަށް 527 މީހުން ރީއިންޓަރގްރޭޓް ކޮށްފައިވާކަމަށާއި، 290 މީހުން ޑީޕޯޓް ކޮށްފައިވާކަމަށާއި މުޅިއެކު 817 މީހުން އިމިގްރޭޝަންގެ ދަށުން ފުރުވާލައިފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދް ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްއާން ވިދާޅުވީ އިމިގްރޭޝަންގެ ޓާސްކް ފޯސްއިން މުހިންމު 6 ރެއިންޑް އޮފަރޭޝަނެއް ހިންގައިފައިވާކަމަށެވެ. އިމިގްރޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން 3 އޮފަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި މި އޮފަރޭޝަންތަކުގެ ތެރެއިން 49 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ޝަމްއާން ވިދާޅުވިއެވެ. އޭގެތެރޭގައި 3 އަންހެނުންނާއި 46 ފިރިހެނުން ހިމެނޭކަމަށް ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ މި މުއްދަތުގެ ތެރޭގައި ޖުމްލަ 75 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑިޓެނޝަން ސެންޓަރަށް ފުރުވާލުމަށްޓަކައި ބައިތިއްބާފައިކަމަށެވެ. އަދި ޖުމްލަ 68 ބިދޭސީއަކު މިހާރު ވަނީ ޑީޕޯޓް ކުރެވިފައިކަމަށް ޝަމްއާން ވިދާޅުވިއެވެ. ބިދޭސީން ޑީޕޯޓްކޮށްފައި ވަނީ އިމިގްރޭޝަންގެ ގާނޫނާއި ހިލާފް ވެގެންކަމަށާއި އަދި އެހެންނިހެން އިމިގްރޭޝަނުން ދީފައިވާ ހުއްދަތަކާއި ހިލާފް ވެގެންކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އަމިއްލައަށް ފުރަންބޭނުންވެގެން 113 ބިދޭސީއަކު ރާއްޖެއިން ފުރުވާލެވިފައިވާ ކަމަށާއި އެއީ 108 ފިރިހެނުންނާއި 5 އަންހެނުން ކަމަށް އިމިގްރޭޝަން ކޮންޓަރޯލާ ވަނީ ވިދާޅުވެފައެވެ. މިވަގުތު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި 122 ބިދޭސީން ބައިތިއްބައިފައި ތިބި ކަމަށާއި އޭގެތެރެއިން ބަންގްލަދޭޝްއަށް ނިސްބަތްވާ 103 މީހުންނާއި، އިންޑިއާގެ 4 މީހުންނާއި، ސްރީލަންކާގެ 4 މީހުންގެ އިތުރުން ނޭޕާލްއަށް ނިސްބަތްވާ 3 މީހަކު ހިމެނެއެވެ.

އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބައެއްފަހަރު އަޅުގަނޑުމެންގެ ދަށަށް ގެނެވޭ ބިދޭސީންއަތުގައި ޕާސްޕޯޓް ނޯންނަ މައްސަލަ ނުވަތަ ޕާސްޕޯސްޓް ގެއްލުވާލައިފައިވާ މައްސަލަ.. އެފަދަ ހާލަތްތަކުގައި އެމްބަސީތަކާއި ގުޅިގެން ޕާސްޕޯޓްގެ ބަދަލުގައި ޓްރެވަލް ޑޮކިއުމެންޓަށް ފުރުވާލުމަށްޓަކައި ރިކުއެސްޓްކޮށްފައިވޭ

ގަވައިދާ ހިލާފްވެގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ ޕާސްޕޯޓް އޮންނަ ބިދޭސީންވަނީ ޑިޓެންޝަން ސެންޓަރުގައި މާގިނަ ދުވަހު ނުބައިތިއްބާ އެމީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށާފައިކަމަށް ޝަމްއާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: