ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‎ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރި ބިދޭސީން ޑީޕޯޓް ކުރަނީ!

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު އެއިދާރާގެ މުވައްޒަފުންނާއި ބައްދަލުކުރައްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާތީ ހައްޔަރުކުރި ބިދޭސީއިން ޑީޕޯޓު ކުރުމަށް ނިންމައިފިއެވެ.

ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީއިން ގެންގުޅޭ ސިޔާސަތުގެ ދަށުން މި މަހުގެ 9 ވަނަ ދުވަހު އިމިގްރޭޝަނުން  އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މިކަމާއި ގުޅޭ މައުލޫމާތު ދެއްވުމަށް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާމް ވަހީދު ވިދާޅުވީ  ކަޅު  ބާޒާރުގައި  ފުޅާ  ދާއިރާއެއްގައި  ޑޮލަރުގެ  ވިޔަފާރި  ކުރަމުންގެންދާ  ކަމުގެ  މަޢުލޫމާތު  ލިބިފައިވާކަމަށެވެ.

އެހެންކަމުން ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯރޓް  ކުުރުމަށް ހަމަޖެހިފަފައިވާކަމަށް ވެސް ޝަމްއާން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ބުނީ ކުރިއަށް  އޮތް ތަނުގައި މިފަދަ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރާނެކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރާނެކަމަށްވެސް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: