ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ހުށަހަޅާފައިވާ ގަރާރު މަޖިލީގެ ގަވައިދަށް ފެތޭ: އުޝާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރަކީ ގަވައިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ޑިމޮކްރެޓްއިން ބުނެފައިވާއިރު، މި ގަރާރު މަޖިލީގެ ގަވައިދަށް ފެތޭކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފެށުމާ އެކު މެދު ހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ސުވާލުކުރެެއްވީ މިއަދަށް ހުށަހަޅާފައި އޮތީ ކުއްލި މައްސަލައެއްތޯ ނުވަތަ ގަރާރެއްތޯ ކަމަށެވެ.މިކަމާއި ގުޅިގެން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ހުށަހަޅާފައި އޮތީ ގަރާރެއް ކަމަށެވެ.

އެ ހިސާބުން ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ދެވަނަ ފަހަރަށް ފުރުސަތު ހޯއްދަވައިގެން އާޒިމް ވިދާޅުވީ އެ ގަރާރު ހުށަހަޅާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި ޑިމޮކްރެޓްސް އިތުރު މެމްބަރުން ވެސް ވިދާޅުވީ ގަރާރު ހުށަހަޅާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.

މިކަމާއި ގުޅިގެން ނިޒާމީ ނުކުތާ ނަންގަވާ ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވީ ގަރާރެއްގެ ވާހަކަ ޤާނޫން އަސާސީގައި އައިސްފައިވަނީ ދެ ހާލަތެއްގެ މައްޗަށްކަމަށެވެ. އަދި މި ދެ ހާލަތުގެ ތެރެއިން އެއް ހާލަތެއްކަމަށް ޤާނޫން އަސާސީގެ 82 ވަނަ މާއްދާގެ (ބ) ބުނަނީ ރައްޔިތުންގެ މަޖިލީގުގެ ރައީސް އަދި ނަިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދިއުމަށް ހުށަހަޅާ ގަރާރުގެ ވާހަކަ އައިސްފައިވާއިރު، ޤާނޫން އަސާސީގެ 105 ވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުން މަޤާމުން ވަކި ކުރެވޭނެ ގޮތުގެ ވާހަކަ ބަޔާން ކުރާ ގަވައިދެއް ބަޔާންކޮށްފައިވެއެވެ.

މިގޮތައް ޤާނޫން އަސާސީގައި މި ގަރާރުތައް ބަޔާންކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގައި މި ުބުނާ ގަރާރަކީ އެއް ބާވަތެއްގެ ގަރާރެއްތޯ ކުރެވޭ ބަހުސްގައި، 167 ވަނަ މާއްދާގައި މި ބުނަނީ މަޖިލީހުން ހަމަ އެކަނި ކަމަކާއި ދޭތެރޭ ދެކޭ ގޮތް ބަޔާން ކުރަން ހުށަހެޅޭ ގަރާރަކަށް ވާންޖެހެއެވެ. ހަމަ އެއާއި އެކު އެ މާއްދާގައި އެ ބުނަނީ 167 ވަނަ މާއްދާގެ ދަށުން ހުށަހެޅެންޖެހޭ ގަރާރެއްގެ މައްޗަށް ހިނގާނީ ބިލުގެ މައްޗަށް ހުށަހެޅޭ އުސޫލްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާ ގަރާރެއް 167 ވަނަ މާއްދާއާއި އެއްގޮތައް އަމަލު ކުރާ ނަމަ، ފުރަތަމަ ކިޔުން ކިޔަން ޖެހޭނެކަމަށާއި، ބަހުސް ކުރަންޖެހޭނެކަމަށާއި، ކޮމިިޓީ ސްޓޭޖަށް ދާންޖެހޭނެކަމަށާއި، އަނެއްކާ މަޖިލީހަށް އޭގެ ރިޕޯޓްވެސް ހުށަހަޅަންޖެހޭނެކަމަށާއި، އެއަަށްފަހު މަޖިލީހުގެ އެއަށް ގޮތެއް ނިންމަންޖެހޭކަމަށް މި މާއްދާގައި ބުނެއެވެ. އެހެންކަމުން މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ 33 ވަނަ ބާބު ބުނާ ގޮތުން ނަމަ، ވަރަށް ސާފުކޮށް އެބަ އިނގޭ އެ ބުނާ ގަރާރާއި ޤާނޫން އަސާސީގެ 82 ވަނަ މާއްދާގައި އެބުނާ ގަރާރަކީ މުޅިން ތަފާތު އިޖުރާއަތްތަކެއްގެ މައްޗަށް ހިނގާނެ ދެ ގަރާރެއްކަން އިނގެން އެބަ އޮތްކަމަށް އުޝާމް ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ގަވައިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ދެކޭކަަމަށްވެސް އުޝާމް ވިދާޅުވިއެވެ.

ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަަމަށް އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވި އެވެ. ނަޝީދު ވަކިކުރުމަށް ގަރާރު ހުށަހަޅާފައިވަނީ އެމްޑީޕީގެ 49 މެމްބަރުންގެ ސޮއި އާއި އެކުއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: