ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމުން މަލީހު ވަކި ކޮށްފި

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު—
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ލީޑާޝިޕައަށް ލިބިގެންވާ ބާރުގެ ދަށުން ޕީޕީއެމްގެ ސެނެޓަރ ގެ މަގާމް ފުރުއްވަމުން ގެންދެވި ކުރީގެ ކޮމިއުނިކޭޝަން، ސައިންސް، އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެ ޕާޓީ މެމްބަރުކަމުން ވަކި ކޮށްފިއެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ މަލީހް ޖަމާލް ޕާޓީ ބަދުނާމުކުރާ ކަމަށާއި އަދި ޕާޓީގެ ގަވައިދާ ހިލާފުވެފައި ވާކަމަށެވެ. އެގޮތުން ޕާޓީގައި ހުންނަވައިގެން ޕާޓީ ބައިބައި ކުރައްވަން މަސައްކަތް ކުުރައްވަމުން ގެންދަވާކަން ޕީޕީއެމްގެ ލީޑާޝިޕަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މީގެ ކުރިންވެސް މި މައްސަލަ ފާހަގަވެ ސުލޫކީ ކޮމެޓިއަށް ހުށައަޅާ މަލީހު ސަސްޕެންޑް ކޮށްފައިވާ ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައެވެ.

މިގޮތުން މަލީހު ޕީޕީއެމުން ވަކިކޮށްފައިވަނީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ލީޑަރޝިޕުގެ ނުވަތަ ސެނެޓުގެ މަޝްވަރާއެއް ނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވަވައި ޕާޓީގެ އަސާސްތަކައި ހިލާފަށް ޕާޓީ ބަދުނާމުކުރުމަށް މަސައްކަތް ކޮށްފައިވާތީ ކަމަށެވެ. މަލީހު ޕާޓީގެ މެމްބަރުކަމުން ވަކި ކުރަން ނިންމި ނިންމުމަކީ ޕާޓީގެ އަސާސީ ގަވައިދުގެ 8 ވަނަ މާއްދާއިން ލީޑާޝިޕަށް ލިބިގެންވާ ބާރުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

މަލީހު މިރޭ ޕީޕީއެމުން ވަކި ކޮށްފައިވާއިރު މަލީހު ގެންދެވި ޕީޕީއެމްއަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ޕީޕީއެމްގެ ވަަޓްސްއަޕް ގުރޫޕެއްގައިވެސް ޕީޕީއެމްގެ ލީޑާޝިޕާދެކޮޅަށް ބަހުގެ ހަމަލާތައް އަމާޒު ކޮށް ވިދާޅުވެފައިނީ މިހާރު މަސައްކަތް ކުރަމުންދަނީ ގަދަ ހިފުމަކަށް ކަމަށާއި، މި މައްސަލަ ފުރާޅުން ޓިނު ނަގާ ކޮންގްރިޓް ގަނޑކަށް ބަދަލު ކުރާނެ ކަމަށެވެ.

މީގެ އިތުުން މަލީހު އިއްޔެ އެކްސަގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައިސް އަބްދުއްﷲ ޔާމިން އަބްދުލް ގައްޔޫމްގެ ދިފާއުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް އޭނާ ސަސްޕެންޑް ކުރަން ފޮނުވި ސިޓީގައި ސޮއިކުރި ޑިފެންސް މިނިސްޓަރު އައްސާން މައުމޫނާއި، ފިޝަރީޒް މިނިސްޓަރު ޝިޔާމް އަށް ކިޔަމަނުވާނެ ކަމަށެވެ. އަދި ފިނޑިން ކުރިމަތިން ބޯ ތިރި ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: