ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލުއިދިނުމާއި އެކު ރައީސް ޔާމީން އެންމެ ފުރަތަމަ ވެސް ޕީޕީއެމް އޮފީހަށް!

ރައީސް ޔާމީން ޕީޕީއެމް ސަޕޯޓަރުންނާއި ބައްދަލު ކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބަންދަށް ލުއި ދިނުމާއި އެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހުގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފި އެވެ.

ނުހައްގުން ޖަލު ހުކުމެއް އިއްވާފައިވާކަމަށް އިދިކޮޅުން ތަކުރާރުކޮށް ބުނަމުންދާ، ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަކީ އިންތިހަބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އެރޭ ވެސް އާންމުންނާއި ބައްދަލު ކުރައްވައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލި އެވެ. އިންތިހާބުގެ ނަތީޖާ ކަށަވަރުވެ ޖެހިގެން އައި ދުވަހު ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރި އެވެ. އަދި އެ ދުވަހު ގިނަ އަދަދެއްގެ އާންމުން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިިރިއަށް އެއްވި އެވެ.

ޖަލު ހުކުމުގެ އިސްތިއުނާފު ވެސް ކުރިޔަށް ދަނިކޮށް، ރައީސް ޔާމީން ރަށު ބަންދަށް ބަދަލު ކުރިކަމަށް އިއްޔެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ. އެކަމަކު އެއީ ގާނޫނީ ކޮން ހަމައެއްގެ ދަށުންތޯ ސާފުވެފައި ނުވާއިރު އެ ހަބަރުތައް ދޮގުކޮށް ކަރެކްޝަނުން ބުނެފައި ވަނީ ރައީސް ޔާމީނަށް ލުއިދީފައި ވަނީ ހަމައެކަނި ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އެކަމަކު މިރޭ ކުއްލި ގޮތަކަށް ރައީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީ އޮފީހުގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު، ނުވަތަ ކުރެވުނު މަޝްވަރާތައް ސާފެއް ނޫނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެމަނިކުފާނާއި އެންމެ އަރިހުގައި ހުންނެވީ ކުރީގެ ނައިބު ރައީސް، އަދި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ރައީސް ޔާމީން ޕީޕީއެން ސަޕޯޓަރުންނާއި ބައްދަލު ކުރެއވުން

ރައީސް ޔާމީން ސަޕޯޓަރުންނާ ބައްދަލު ކުރެއްވި އިރު، އެކަމާ ގުޅޭގޮތުން ކަމާ ބެހޭ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. އަދި ރަސްމީ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: