ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ގާނޫނީ ރައްކައުތެރިކަން ކަށަވަރުނުކޮށްދޭ: ޑރ ޖަމީލް

ކުރީގެ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށް ގާނޫނީ ރައްކައުތެރިކަމާއި ހަމަހަމަކަން ރާއްޖޭގެ ޖުޑިޝަރީއިން ކަށަވަރުކޮށްނުދޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ލަސްވަމުންދާކަމާއިމެދު ކަންބޮޑުވުންފާޅުކުރައްވާ ޖަމީލްވަނީ އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފަނޑިޔާރުންނަކީ ދުސްތޫރުގެ ސުޕްރިމަސީ ނެގެހެއްޓުމަށް ހުވާކުރައްވައިގެން ތިއްބެވި ބައެއްކަމަށެވެ. އޭނާ ވިދާޅުވީ، އެމީހުންނަކީ ޒިންމާދާރު ބައެއްކަމަށާއި ސިޔާސީވެ ވަކި ފަރާތަކަށް ޖެހޭ ބައެއް ނޫންކަމަށް އަލިއެޅުއްވިއެވެ.

ޖަމީލް ވިދާޅުވީ، ފަނޑިޔާރުންނަކީ ގާނޫނުގެ ވެރިކަން ދެމެހެއްޓުމުގެ ޒިންމާ އެޅިފައިވާ ފަރާތްތައްކަމަށެވެ. އޭނާ ވިދާޅުވީ، މިނިވަން ޖުޑިޝަރީއެއްގެ އެންމެ އަސާސީ އެއް ސިފައަކީ ބިރެއް ނެތި ޖެހިލުމެއް ނެތި ވަކި ފަރާތަކަށް ބުރަނުވެ ހުކުމްތައް ކުރުންކަމަށާއި އެފަދަ ނިޒާމެއްގައި ފަނޑިޔާރުންގެ ކިބައިގައި ނުބައި ނިޔަތެއް ނުހުންނާނެކަމްވެސް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިނިވަން ޖުޑިޝަރީއެއްގައި ވަކި މީހަކަށްވީތީ ތަފާތުކުރުމެއް ނޯންނާނެކަމަށެވެ. އަދި އެއްވެސް ދިމާލަކުން އަންނަ ފިއްތުމަކަށް ނުލެނބި ހަމަހަމަކަމާއިއެކު ހުށައެޅޭ މައްސަލަތައް އަދުލުވެރި ގޮތަކަށް ނިންމާނެކަމަށްވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ފެނިގެންދަނީ ތަފާތު މަންޒަރެއްކަމަށާއި ފެނިގެންދަނީ އިންތިހާބުތަކާއި ދިމާކޮށް ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަތައް ކޯޓުތަކުން ލަސްވާ މަންޒަރުކަމަށް ފާހަގަކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުށެއް ސާބިތުކުރަންވުމުން ޝަރީއަތްތަކާއި ހުކުމްކުރުންވެސް އަވަސްވެގެންދިޔަ މަންޒަރުތައްވެސް ފެނިފައިވާކަަމަށެވެ. އެހެންކަމުން އެކަންކަމަށް ރިއާޔަތްކޮށް މިއަދު ރާއްޖޭގެ ޖުޑިޝަރީގެ ތެރެއިން ރައީސް ޔާމީންއަށް ގާނޫނީ ރައްކައުތެރިކަމާއި ހަމަހަމަކަން ދެމުންދާކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: