ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު މި ހާލަތަށް ވައްޓާލީ ޑރ މުއިއްޒުއެއް ނޫން: ރައީސް ޔާމީން

ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ސިޔާސީ ހަރަކާތެއްގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު މި ހާލަތަށް ވައްޓާލީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އޮފީހުގައި ބޭއްވި ޖަލްސާގައެވެ.

ގައުމު މިއޮތް ހާލަތަށް ގެނައީ އެމްޑީޕީއިންކަމަށް ފާހަގަކޮށް ރައީސް ޔާމީން ވަނީ، މިހާލަތަށް ގައުމު ގެނައުމަށްފަހު މި ސަރުކާރަށް އެމްޑީޕީއިން ފާޑު ވިދާޅުވާތީ ނުރުހުން ފާޅު ކުރައްވާފައެވެ. ދަރަނި އަރައިގަތުމުގެ ގާބިލްކަން މި ސަރުކާރުގެ ނެތްކަމަށް ބުނާއިރު، ދަރަނި އުފެއްދީ ހުދު އެބޭފުޅުންކަން ގަބޫލު ކުރަން ބޭނުން ނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުން ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމަށް ބުނާތީވެސް ރައީސް ޔާމީން ވަނީ ރައްދުދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ މުވައްސަސާތައް މިނިވަން ނުކޮށް މުށު ތެރޭގައި ގެންގުޅުނީ ކޮން ބައެއްކަން ސާފުކަމަށެވެ.

ރާއްޖޭގެ ސިޔާދަތީ ބާރުތައް ނުހިނގާ މައްސަލައިގައިވެސް ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީއިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ކަނޑު ވިއްކާލިކަމުގެ ތުހުމަތު އެމްޑީޕީއަށް ކުރައްވާފައެވެ. މި ހުރިހާ ކަމެއް ކުރުމަށްފަހު، އެކަންކަން ފޮރުވުމަށްވެސް އެމްޑީޕީއިން މަސައްކަތްކޮށްފައިވާކަމަށް ވިދާޅުވެ، ރައީސް ޔާމީން އިޝާރާތް ކުރެއްވީ އޭރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މޮރިޝަސްގެ ރައީސްއަށް ފޮނުވި ސިޓީއަށެވެ.

ސިޓީ ނުދައްކަންވެސް އުޅުނީ ހަމަ އެ މީހުން. ކިތަންމެ އާދައިގެ ކަމެއް ވިޔަސް، ރައްޔިތުން ޖަވާބުދާރީ ކުރުވަން އެދުނީމަ ގައުމީ ސަލާމަތުގެ ބޮޑު ބަހަނާ ދައްކާފައި ރައްޔިތުންނަށް ޖަވާބު ދާރީ ނުވެވުން ބަޔަކީވެސް އެމްޑީޕީ މީހުން.
ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރު ޖަވާބު ދާރީކުރުމަށް ކުރި މަސައްކަތުގައިވެސް، އެއްބާރުލުން ދެއްވާފައި ނުވާކަމަށް ދޭހަވާފަދަ މޭރުމަކުން އެމަނިކުފާނު ވަނީ ވާހަކަދައްކާވަފައެވެ. އެގޮތުން ގައުމީ ސަލާމަތުގެ ބޮޑު ބަހަނާ ދެއްކުމަށްފަހު، އެމްޑީޕީއިން ރައްޔިތުންނަށްވެސް ޖަވާބުދާރީ ނުވެވުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ކުރެވޭނީ ކެރޭ މެންބަރުން ތިބެގެންކަމަށެވެ. ސަަރުކާރު މެންބަރުން ތިބެގެން އެ މަސައްކަތރް ނުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު މެންބަރުން ނަމަވެސް ސަރުކާރަށް ދަތިކޮށްގެން ނުވާނެކަމަށާއި، މަސައްކަތް ކުރަން ޖެހޭނީ ގައުމުގެ ހައްގުގައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ސަރުކާރުގެ މަޝްރޫއުތަަކަށް ނޫނެކޭ ބުނުމަކީވެސް ރަނގަޅުކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބަޖެޓު ފާސްކުރާއިރު އެމްޑީޕީއިން އެއްބާރުލުން ނުދޭކަމަށް ފާހަގަކޮށް ރައީސް ޔާމީން ވާހަކަދެއްކެވީ އެމްޑީޕީއިން އިސްކުރަނީ އަމިއްލަ މަސްލަހަތުކަމަށް ވިދާޅުވާފަދަ މޭރުމަކުންނެވެ.

ވަރަށް ގަދަ
82%ވަރަށް ގަދަ 2%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: