ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެއަކީ އަޅުގަނޑުގެ ހިޔާލުގައި އޮތް މަޝްރޫއުއެއް، އޭރު މުހިންމުވީ އެހެން ހިދުމަތްތައް: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ މުހިންމު ބޮޑު މަޝްރޫއުގެ ގޮތުގައި ފާހަގަކުރާ ރަސްމާލެ މަޝްރޫއު ނުވަތަ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަކީ، އެމަނިކުފާނުގެ ހިޔާލުގައި އޮތް މަޝްރޫއުއެއްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ގޭބަންދުގައި ހުންނެވި ނަމަވެސް ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފްގެ ޖަލްސާތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން ބައެއް ޖަލްސާތަކުގައި އެމަނިކުފާނު ވާހަކަވެސް ދައްކަވައެވެ.

އެގޮތުން ރޭ އެ ޕާޓީ އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރަސްމާލެ ނަމުގައި ފެށިގެންދާ މަޝްރޫއުއަކީ އެމަނިކުފާނު ހިޔާލުކޮށްފައި އޮތް މަޝްރޫއުއެއްކަމަށެވެ. މާލޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެ މަޝްރޫއުއަކީ ސުވާލު އުފެއްދޭނެ މަޝްރޫއެއް ނޫންކަމަށެވެ.

ހުރިހާ ކަމެއް ހުއްޓާލާފައި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ވިސްނުން ނެތްކަމަށާއި، އަދި ފާހަގަކުރެއްވީ ނުހިއްކާވެސް ލިބެން ހުރި ބިންތަކެއް އެބަހުރިކަމެވެ. އެގޮތުން މާލެއާއި، ހުޅުމާލޭގައިވެސް ހުސް ބިންތައް އެބަހުރިކަމަށް ވިދާޅުވިއެވެ. އަދި މާލެއާއި ހުޅުމާލެއިން އިތުރު ބިންތައް އުފެއްދޭނެ ގޮތްތައްވެސް އެބަހުރިކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ސުވާލުއުފެއްދީ ހަރަދު ކުޑަވާނީ ކޮން ގޮތެއްތޯއެވެ. އެގޮތުން ހަރަދު ކުޑަ ވާނީ މުޅިން އައު ސަހަރެއް ހިއްކުންތޯ ނުވަތަ މިހެން ހުރި ބިންތައް ތަރައްގީ ކުރުންތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. އެ ތަންތަނުގައި އުސްކޮށް އިމާރާތްކޮށް، މީހުން އާބާދު ކުރުމަކީ ހަރަދު ކުޑަވާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ދޭހަ ކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނާއި، އެމަނިކުފާނާއި ދެމެދު ޖެހުނީ ކޮން މައްސަލައެއްކަން ސާފުކޮށް ނުދެވި އޮތީ އެމަނިކުފާނަށް މީޑިއާތަކުގައި ވާހަކަދެއްކުމުގެ ފުރުސަތު ނެތުމުންކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ގާތް ގުޅުމެއް ނުބާއްވާކަމުގެ ތުހުމަތާއި އެކު ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާނީ އެމަނިކުފާނު މިނިވަންވުމުންކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: