ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންއަށް ދީފައިވާ ލުއިތައް ރިވިއު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް.
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ގޭބަންދުގައި ހުންނަވައި ތަންފީޒު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ދީފައިވާ ލުއިތައް ރިވިއު ކުރަމުން އަންނަކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ޕީޕީއެމް – ޕީއެންސީގެ ލީޑާޝިޕް ދެމެދު ޖެހުނު މައްސަލަތަކަށް ފަހު އެ ކޯލިޝަން ދޫކުރެއްވުމަށް ނިންމަވައި ރައީސް ޔާމީން ވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފަ އެވެ. އަދި އެ މަސައްކަތުގެ ތެރެއިންނާއި، އޭގެ ކުރިން ވެސް ރައީސް ޔާމީންގެ ބަންދަށް ލުއިދިނުމަށް އެއްބަސްވި އިގުރާރާއި ހިލާފަށް އެމަނިކުފާނު ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި މައްސަލައިގައި ކަރެކްޝަނުން އިންޒާރުދީފައިވެއެވެ.

ނަމަވެސް މިއީ ޕެރޯލްގެ ގާނޫނުގެ ދަށޫން ގައިދީއަކަށް ލިބިގެންވާ ހައްގެއް ނޫނެވެ. ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ގައިދީއަކަށް ލިބިގެން ނުވެއެވެ.

މިކަމާއި ގުޅިގެން އެންމެ ފަހުން ރޭ ކަރެކްޝަންސްއިން މީޑިއާތަކަށް ބުނީ ރައީސް ޔާމީނަށް ދީފައިވާ ލުއިތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ޔާމީން އިތުރު ލުއިތަކެއް ދޭން އެދުމުން އެ ފުރުސަތު ދެވެން ނެތްކަމަށް ކަރެކްޝަންސްއިން ވަނީ ނިންމާފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދަކަށްވާއިރު، މިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މީޑިއާތަކުން ތަކުރާރުކޮށް ސުވާލު ކުރެއެވެ. އެންމެ ފަހުން އޮތް ޕްރެސްގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވީ ރައީސް ޔާމީނަށް ނިހާއީ ހުކުމެއް ނީއްވާކަމަށާއި ޝަރުއީ ނިޒާމުގެ މިނިވަންކަން އެނގޭނީ ކޯޓުތަކުންކަމަށެވެ. އަދި މި ސަރުކާރަކީ ކޯޓުތަކަށް އަތް ބާނައި، ވަކި ގޮތަކަށް ހުކުމްތައް ނެރެން އަންގާނެ ސަރުކާރެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: