ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމް، ޔާމީންއަށް: ޕީޕީއެމްއަށް ދިރުން ގެންނަން ބޭނުންވި ނަމަ އިންތިހާބު ބޮއިކޮޓު ކުރަން އެންގީ ކީއްވެ؟

ރައީސް ޔާމީނާއި، އަބްދުައްރަހީމް އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއަށް ދިރުން ގެނައުމަށް ބޭނުންވި ނަމަ އެ ޕާޓީއިން އިންތިހާބުގައި ވާދަ ނުކޮށް، އިންތިހާބު ބޮއިކޮޓު ކުރުމަށް އެންގީ ކީއްވެގެންތޯ އައްސަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް، ރައީސުލްޖުމްހުރިއްޔާގެ ހާއްސަ އެޑްވައިޒަރު އަބްދުލްރަހީމް އަބްދުﷲ ސުވާލެއް އަމާޒު ކުރައްވައިފިއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އަބްދުލްރަހީމް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވާދަ ކުރަށްވަން އޭރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯރމް ހުށަހެޅުއްވީ 7 އޯގަސްޓް 2023 ގައިކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސޮއި ކުރައްވާ، އެ މަނިކުފާނުގެ ގާނޫނީ ޓީމު ފޮނުއްވައިގެން އިސް ވަކީލު ދެ ޕާޓީގެ ސެނެޓަށް އިއްވެވި ނޯޓަކުން އިންތިޚާބް ބޮއިކަޓް ކުރަން އެންގެވީ 6 އޯގަސްޓް 2023 ގައިކަންވެސް އަބްދުލްރަހީމް ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރީވެސް ހަމަ އެ ދުވަހުގައިކަން ފާހަގަކޮށްފައިވެއެވެ.

ޕީއެންސީ އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އެންގެވި އެންގެވުމަކީ އިޚްލާޞްތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ ސްޕްރީމް ކޯޓްގެ ޙުކުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ އިން ރިޔާސީ އިންތިޚާބް ބޮއިކަޓްކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައިތޯ އަބްދުލްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ.

ޕީޕީއެމް އަށް ދިރުން ލިބެން ބޭނުންވި ނަމަ ވަގުތު އޮއްވާ ޕީޕީއެމް އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އިރުޝާދު ނުދެއްވީ ކީއްވެގެންތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

މި ޙަގީގަތްތައް މިހެން ހުރުމުން މަގުމަތިކުރަން އުޅުނު ވާހަކަ ދައްކަނީ ރައްޔިތުންނަށް ކަން ހިގައި ދިޔަގޮތް އޮޅުން ފިލުވައި ދިނުމަށްޓަކައިކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

އިންތިހާބު ބޮއިކޮޓު ކުރުމަށް ގޮވާލި ސަބަބެއްކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް އެމަނިކުފާނުގެ މައްޗަށް ސުޕްރީން ކޯޓުން ނެރުނު ހުކުމް ބަދަލު ކުރަން ކުރާ އިހުތިޖާޖެއްގެ ގޮތުންނެވެ. އެންމެ ބޮޑު ތާއީދެއް އޮތީ އެމަނިކުފާނާއި ޕީޕީއެމަށް ވާތީކަމަށް ސުޕްރީމް ކޮޓުން އެ ނިންމުން ރިވިއު ކުރީސްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: