ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިސާބު ޖަހަނީ ބަލާފަ، މެޖޯރިޓީ ހިފެހެއްޓޭނެ: އަބްދުލްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީއިން ކާމިޔާބު ކުރި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހިފެހެއްޓޭނެކަމުގެ ފުރިހަމަ ޔަޤީން އެބައޮތް ކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މި މަޖިލީސް ފެންނަނީ ތަފާތު މަޖިލީހެއްގެ ގޮތުގައިކަމަށެވެ. އެގޮތުން މިއީ ރައްޔިތުންގެ ލާބަޔައި މަންފާއަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާނެ މަޖިލީހެއްކަމަށް ވިދާޅުވިއެވެ.

ފާއިތުވެދިޔަ ތިން ދައުރުގައި ސިޔާސީ މައިދާނުގެ ވާނުވާ އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ، އެހެންކަމުން މި މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ހިފެހެއްޓޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

އޭގެ ތެރެއިން 17 ވަނަ މަޖިލީހުގައި އަޅުގަނޑު މަސައްކަތް ކުރިން، 18 ވަނަ މަޖިލީހުގައި މަސައްކަތް ކުރިން ދެން 19 ވަނަ މަޖިލީހުގައި މަސައްކަތް ނުކުރެވުނަސް، 19 ވަނަ މަޖިލީހުގައި ތި ވިދާޅުވި ބަދަލު އައި އިރު އަޅުގަނޑު ސިޔާސީ މައިދާނުގައި އަޅުގަނޑުވެސް ވާނުވާ އެނގޭ ހިސާބުގައި ހުރިން.

އަބްދުލްރަހީމް ވިދާޅުވިއެވެ.

މެޖޯރިޓީ ލިބި، އެ މެޖޯރިޓީ ނުހިފެހެއްޓެނީ ކީއްވެގެންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށާއި، އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 12 މަޖިލިސް މެމްބަރުން ވަކިވެގެން ސަރުކާރާއި ދުރަށް ދިޔައީ ކީއްވެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ހިސާބު ޖައްސަވަނީ ވަރަށް ރަނގަޅަށް ބައްލަވާފައިކަމަށް ފާހަގަކޮށް އަބްދުލްރަހީމް ވިދާޅުވީ މިހާތަނަށް އޭނާ ޖެހި ސިޔާސީ ހިސާބެއް ދިމާނުވެފައި ނޯންނާނެކަމަށެވެ. އެއީ އޯޑިއަންސް ހިތްހަމަޖެއްސުމަށް ނުވަތަ ނޫސްވެރިޔާއަށް ޖަވާބެއް ދެއްވަން ވިދާޅުވާ އެއްޗެއް ނޫން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އޭނާއާއިދެ ބޭފުޅުންނަކީ ރައީސް ވަހީދުގެ ވެރިކަމުން ފެށިގެން ވަރަށް ގާތް ގުޅުމެއް އޮތް ދެމީހުންކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. މިހާތަނަށް ކުރެއްވި މަސައްކަތްތަކުން ޑރ. މުއިއްޒު ފާހަގަކުރެވިފައި އޮތީ ވައުދެއްވެއްޖެއްޔާ އެ ވައުދެއް ފުއްދަވާ ބޭފުޅެއްގެ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: