ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ ސަރުކާރުން ތަފާތު ދައްކާނެ، ދިވެހީންގެ ވެރިކަން ދިވެހިންނަށް ކޮށްދެއްވާނެ: އަބްދުލްރަހީމް

ރައީސުލްޖުމްހޫރިއްޔާ ގދ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަފާތު ދައްކާ، ދިވެހިންގެ ވެރިކަމެއް ގާއިމްކޮށްދެއްވާނެކަމަށް އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރ އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ވަޑައިގެން ގއ ވިލިނގިލީގައި ހުންނަވާ އަބްދުލްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވަނީ ވޯޓު ހޯދުމުގެ ނިޔަތުގެ ބަދަލުގައި، ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ވިސްނުމުގައިކަމަށެވެ. ރައީސް މުއިއްޒު ވަޑައިގެންނެވީ ރައްޔިތުން އެދޭފަދަ ބަދަލެއް ގެނައުމަށްޓަކައި ތަސައްވުރަކާއިއެކުކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

އިގްތިސާދު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތާއިއެކު ރައިސް ވަޑައިގަންނަވަނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގެ މަސައްކަތްވެސް ކުރައްވަމުންކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ތަފާތު ދައްކާނެކަމަށެވެ.

އެއީ ތަރައްގީކުރުމުގައިވެސް، އަދި އެހެން ކަންތައްތައް ކުރުމުގައިވެސް ވޭތުވެދިޔަ ސަރުކާރުތަކާއި މުޅިން ތަފާތު، ދާދި މިދާކަށް ދުވަހު މި އަތޮޅުގައި ހިނގައި ދިޔަ ކަންތައްތަކުގައިވެސް ވަނީ އެ ތަފާތު ދައްކާފަ. އަޅުގަނޑު އެއް ގޮތަކަށްވެސް މިއުޅެނީ މަސްވެރިންގެ މުޒާހަރާ ގޯސްކޮށް އެއްޗެއް ދަންނަވާކަން ނޫން. އެބޭފުޅުންނަށް ލިބެންޖެހޭ އާމްދަނީއެއް ނުލިބި ލަސްވަމުން ދަންޏާ، އެބޭފުޅުން ހުރި އިހުސާސްތަކެއް ބޭރުކުރާނެ.

އަބްދުލްރަހީމް ވިދާޅުވިއެވެ.

މަސްވެރިންގެ މުޒާހަރާއަށް އިޝާރާތް ކުރައްވާ އަބްދުލްރަހީމް ވިދާޅުވީ ކަންބޮޑުވުންތަކެއް ހުރި ކަމަށްވާނަމަ އެ އިހުސާސްތައް ބޭރު ކުރާނެކަމަށެވެ. މީގެ ކުރީގައި މިފަދައިން ކުރި މުޒާހަރާތައް ވަނީ އެސްއޯ ފުލުހުން ބޭނުންކޮށް ހުއްޓުވާފައިކަމަށް ފާހަގަކޮށް އަބްދުލްރަހީމް ވިދާޅުވީ މި ސަރުކާރުން ވަނީ ތަފާތު ދައްކަވާފައިކަމަށެވެ.

އެގޮތުން ވަޒީރު ވަޑައިގެން މަސްލަހަތު އިސްކުރައްވާ މަޝްވަރާ ކުރެއްވިކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

މިއީ ތަރައްގީ ގެނައުމުގައިވެސް ދައްކާނެ ތަފާތުކަމަށް ފާހަގަކޮށް އަބްދުލްރަހީމް ވިދާޅުވީ އިގްތިސާދީ އަނދަވަޅަކަށް ބަޔަކު ގަސްތުގައި ގައުމު ވައްޓާލާފައިވާކަމަށާއި، ރައީސް މުއިއްޒު އެ އަނދަވަޅުވެސް އަރައިގަންނާނީ ވިސްނުންތެރިކަމާއިއެކުކަމަށެވެ.

އަބްދުލްރަހީމް ވިދާޅުވީ ރައީސް މުއިއްޒާއިއެކު ސާބިތުވެ ތިއްބަވައިފިނަމަ ރައްޔިތުންނަށް ތައުލީމީ ގޮތުންނާއި، ސިއްހީ ގޮތުންނާއި އަދި އޭގެ އިތުރުންވެސް ބޭނުންވާ ކުރިއެރުން ގެނެސްދެއްވާނެކަމަށެވެ. މީހުން ދައްކާ ހަގީގަތެއް ނެތް ވާހަކަތައް އަޑު ނޭއްސެވުމަށް އަބްދުލްރަހީމް އެދިވަޑައިގެންނެވިއެވެ. ސިޔާސީ ގޮތުން ބޭނުންވާ ކަންކަން ހާސިލް ނުވުމުން ގައުމު ފިތުނަ ފަސާދައިގެ ތެރެއިން ނުވައްޓާލުމަށްވެސް އޭނާ އެދިވަޑައިގެންވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: