ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އާއި ޑީމޮކްރެޓްސްއަށް ކާމިޔާބީއެއް ނުލިބޭނެ، މިއީ ބަލިކަށި ސަރުކާރެއް ނޫން: އަބްދުލްރަހީމް

ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ގުޅިގެން ސަރުކާރުން ހުއްޓުވަން މަސައްކަތް ކުރާކަމަށް ސިފަކޮށް، ކާމިޔާބުނުވާނެކަމަށް ރައީސުލްޖުމްހުރިއްޔާގެ ހާއްސަ އެޑްވައިޒަރ އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުލްރަހީމް މިހެން ވިދާޅުވިއިރު، ދެ ޕާޓީ އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގައި މަސައްކަތް ކުރައްވާނެކަމަށް ވަނީ ބުނެފައެވެ. އަދި އިސްލާހުތަކެއް ގެންނާނެކަމަށް ބުންޏެވެ. އެގޮތުން ހަތަރު އިސްލާހެއް ގެނައުމަށް ނިންމާފައިވާއިރު، އެެއީ:

  1. މަޖިލިސް މެމްބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުން
  2. ސަރުކާރު ހިއްސާވާ ކުންފުނިތައް ފުރިހަމައަށް ރެގިއުލޭޓް ކުރުމާ ގާނޫނުތައް އިސްލާހުކުރުން
  3. ސަރުކާރުން ސިޔާސީ މަގާމުތައް އުފެއްދުން ލިމިޓް ކުރުން
  4. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައަށް ފަހު ބޭއްވުން

ސިޔާސީ މަގާމުތައް ލިމިޓު ކުރުމަށް މަސައްކަތް ކުރާތީ، ނުރުހުންވެ ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ މިއީ ބަލިކަށި ސަރުކާރެއްގެ ގޮތުގައި ވިސްނައިގެން ނުވާނެކަމަށެވެ. ސަރުކާރު ހުއްޓުމަކަށް ގެންނަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށާއި، މި ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތަކާއިއެކުކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. ރައްޔިތުންގެ ވިސްނުމާއި ދެކޮޅަށް ކަންކަން ނުކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ އަތް ބަންނަން ކުރާ މަސައްކަތަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރަން.

އަބްދުލްރަހީމް ވިދާޅުވިއެވެ.

ސަރުކާރަށް ހުރަސް އެޅުމަށް ކުރާ މަސައްކަތަށް ތާއީދު ނުކުރާކަމަށް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މި އިސްލާހު ގެނައިސް ލިމިޓު ކަނޑައެޅި ނަމަވެސް، ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހުރިއްޔާއަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުމުގެ ބާރު އޮންނާނެކަމަށެވެ. އަދި އަބްދުލްރަހީމް ސުވާލު އުފެއްދެވީ އެމްޑީޕީގެ ސަރުކަރުގައި މި އިސްލާހުތައް ގެނައިސް، ސިޔާސީ މަގާމުތަކުގެ ލިމިޓް ނުގެނައީ ކީއްވެގެންތޯއެވެ.

މަޖިލީހުގެ ގޮނޑިތައް އިތުރުވާ މައްސަލައިގައި އަބްދުލްރަހީމް ވިދާޅުވީ ވާދަވެރިން އެ އިސްލާހު ގެނަން މަސައްކަތް ކުރަމުންދަނީ ކޮންމެ ފަސް އަހަރަކުން ގޮނޑިތައް އިތުރުވާތީ ނޫންކަމަށެވެ. އަދި އެހެން ވިސްނުމެއް އެބަ އޮތްކަމަށް ވިދާޅުވިއެވެ.

މި އިސްލާހުތައް ގެނައުމުގެ ކަންބޮޑުވުމަކީ ދައުލަތުގެ އާމްދަނީ ދަށްވުން ނޫންކަމަށެވެ.

މީގެ އިތުރުން އެމްޑީޕީއަށް ފާޑު ވިދާޅުވެ، އެ ޕާޓީގެ ވެރިކަމުގައި ރައްޔިތުން ބޭނުންވާ ތަރައްގީ ނުގެނެވުނުކަމަށާއި، އަމާންކަމާއި، ހަމަޖެހުމެއްވެސް ނުގެނެވުނުކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ ވެރިކަން ކުރަން ދަންނަ ޕާޓީއެއް ނޫންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: