ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންކުރަންވީ ވައުދު ހަނދާން ނެތުމާއި، ބުރަކަށްޓަަށް ވަޅި ހެރުމާއި އެއްފަދަ: ޑރ ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއިމެދު އަމަލުކުރައްވަނީ ބުރަކަށްޓަށް ވަޅި ހެރުމާއި އެއްފަދަ ގޮތަކަށް ކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ ހައުސިންގް ލިސްޓު ބާތިލުކޮށް އައު ލިސްޓެއް އެކުލަވާލާނެކަމަށް ބުނެ މީޑިއާތަކުގައި ޝާއިއުކުރެވުމާއިއެކު ޖަމީލްވަނީ އެކަމަށް އަލިއަޅުއްވައި ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ވެރިއެއްގެ އެންމެ އަސާސީ ސިފައަކީ އެމީހަކީ އިތުބާރު ކުރެވޭ މީހަކަށް ވުންކަމަށެވެ.

އެހެންނަމަވެސް ރައީސް މުއިއްޒުއަކީ ވައުދުތައްވާން ފަރިތަ މީހެއްކަމަށްވާއިރު، އެ ވައުދުތައް މަތިން ހަނދާން ނައްތާލުމުގައިވެސް އެމަނިކުފާނަކީ ފަރިތަ މީހެއްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މުއިއްޒު ވެވަޑައިގެންނެވި އެންމެ ފުރަތަމަ ވައުދަކީ ރައީސް ޔާމީން މިނިވަންކުރައްވާނެކަމަށް ވެވަޑައިގެންނެވި ވައުދުކަމަށެވެ.

ޖަމީލު ވިދާޅުވީ، ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ އެންމެ ފުރަތަމަ ވައުދު މަތިން ހަނދާން ނައްތާލާފައިކަމަށާއި ރައީސް ޔާމީން މިނިވަންކުރައްވާނެކަމަށް ވިދާޅުވުމަށްފަހު ހަނދާން ނައްތާލުމަކީ އެމަނިކުފާނުގެ ބުރަށްޓަށާް ވަޅިއެއް ހަރާލުން ފަދަ އަމަލެއްކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އާއި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް އަޒުލުކުރުމަށް އިންޒާރުތައް ދިނުމަށްފަހު އެކަން ފަހިވެގެންދާގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލަށް އަމަލުކުރުުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާކަމުގެ މައްޗަށްވެސް ޖަމީލްވަނީ އަލިއަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަން ނުވުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ، މިއަދަކީ ތާރީހީ ދުވަހެއްކަމަށާއި 2008 ގެ ގާނޫނު އަސާސީން ލިބުނު 3 ބާރު ވަކިވެފައި ދުސްތޫރީ ނިޒާމުގައި ޖުޑިޝަރީ އެކިފަހަރު އެކިގޮތަށް ފުރޮޅެމުން ދާ މަންޒަރު ފެނިވަޑައިގެންފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ދުސްތޫރީ މައްސަލަތަކުަގއި އިސްތިގުރާރުވާ އުސޫލެއް ނެތުމާއި އިންސާފު ލަސްވުން ފަދަ ކަންކަމުގެ ސަބަބުން ޖުޑިޝަރީ ނިޒާމަށް ރައްޔިތުންގެ ތެރޭގައި އިތުބާރު ލިބިގެންދިއުން އޮތީ ދުރުގައިކަމަށެވެ. ޖަމީލް ވިދާޅުވީ އެއްވެސް ބާރަކުންވެސް އެ ބާރެއްގެ އިން ފަހަނަ އަޅައި ގޮސްގެން ނުވާނެކަމަށެވެ.

އޭނާ ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއަށް ޖުޑިޝަރީއިން ވަނުމަށް މަސައްކަތްތައް ކުރަމަކީ ގާނޫނުއަސާސީއާއި ހިލާފު އަމަލެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ތިން ބާރުގެ ތެރޭގައި ކޯޅުންތައް އުފެދި ތަސައްވުރު ނުކުރެވޭ ފަދަ ގެއްލުންތަކެއް ދުސްތޫރީ ނިޒާމަށް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: